ކޮމިޝަންތަކަށް ބާރުދިނުމަށް ފާސްވިޔަނުދޭން މަސައްކަތްކުރާ މެމްބަރުންނަށް ދެން ވޯޓު ނުދިނުމަށް ޝެއިޚް މުޙައްމަދު އަނީލް ދިވެހި ރައްޔިތުންނަށް ގޮވާލައްވައިފިއެވެ.
ޝެއިޚް މިކަމަށް ގޮވާލައްވާފައިވަނީ އަންގާރަ ދުވަހު ކުރެއްވި ޓްވީޓެއްގައެވެ.
commission thakah baaru dhinumah faasviya nudheyn masakkaiy kuraa memberunnah dhen vote nudhinumah dhivehinnah govaalan. Vakkamaai Maruge massalathah beliya nudheyn ulhey meehunnakee e jareema thakuge baiverin kamugai belidhaane jaaga BoduThanun eba oiy.#Majlis2019
— Aneel 🇲🇻 (@aneelmv) February 26, 2019
" ކޮމިޝަންތަކަށް ބާރުދިނުމަށް ފާސްވިޔަނުދޭން މަސައްކަތްކުރާ މެމްބަރުންނަށް ދެން ވޯޓު ނުދިނުމަށް ދިވެހިންނަށް ގޮވާލަން. ވައްކަމާއި މަރުގެ މައްސަލަތައް ބެލިޔަނުދޭން އުޅޭ މީހުންނަކީ އެޖަރީމާތަކުގެ ބައިވެރިންކަމުގައި ބެލިދާނެ ޖާގަ ބޮޑުތަނުން އެބައޮތް." ޝެއިޚް އަނީލް ވިދާޅުވިއެވެ.
ދައުލަތުގެ ފައިސާ އާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނަށް ބާރު ދޭ ބިލަށް ވޯޓަށް އެހުމަށް މިއަދަށް ވެސް ވަނީ ތާވަލް ކޮށްފައެވެ.
މިއީ މި ބިލަށް ވޯޓަށް އެހުމަށް މަޖިލީހުގެ ޖަލްސާ އަށް އެޖެންޑާ ކުރި ހަތަރުވަނަ ފަހަރެވެ.
މިދިޔަ ތިން ޖަލްސާގައި ވެސް މި ބިލަށް ވޯޓަށް އެހޭގޮތް ނުވީ ކޯރަމް ހަމަނުވުމާ ގުޅިގެންނެވެ. މަޖިލީހުގެ ކޯރަމް ހަމަވާނީ 43 މެމްބަރުން ހަމަވުމުން ކަމަށްވާއިރު، މި ބިލަށް ވޯޓަށް އަހަން ބެލިއިރު މަޖިލީހުގެ ތަޅުމުގައި މިއަދު ތިއްބެވީ 37 މެމްބަރުންނެވެ. އަދި އިއްޔެ ތިއްބެވީ 42 މެމްބަރުންނެވެ.