ރާއްޖޭގައި މުސްލިމް ކަނބަލުން އިސްލާމީ ބުރުގާ އެޅުމާއި ދެކޮޅު ފިކުރަކީ "ހައްދު ފަހަނައެޅި ފިކުރު" ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝެއިޚް ޒައިދު މިހެން ވިދާޅުވެފައިވަނީ އަންގާރަ ދުވަހު ކުރެއްވި ޓްވީޓެއްގައެވެ.
Raajjeyga Muslim kanbalun, Islaamee Burugaa elhumaa dhekolhu fikurakee 'Hahdhu fahana elhi fikuru'. Anhen kanbalun, ihfai theri nuvumah baaru alhaairu, alhugandu hithah aranee mikahala meehunge ladhu kobaa baey?!
— Ali Zaid (@alizaid1000) February 26, 2019
"ރާއްޖޭގައި މުސްލިމް ކަނބަލުން އިސްލާމީ ބުރުގާ އެޅުމާއި ދެކޮޅު ފިކުރަކީ "ހައްދު ފަހަނައެޅި ފިކުރު". އަންހެން ކަނބަލުން އިއްފަތްތެރި ނުވުމަށް ބާރުއަޅާއިރު، އަޅުގަނޑު ހިތަށް އަރަނީ މިކަހަލަ މީހުންގެ ލަދު ކޮބާހޭ؟" ޝެއިޚް ޒައިދު ވިދާޅުވިއެވެ.
ދީނީ އިލްމުވެރިންނަކީ މުޖުތަމައުން ފެންނަ ނުރަނގަޅު އާދަތައް ހުއްޓުވުމަށް އެކަން ފާހަގަ ކުރައްވާ އަބަދުވެސް ރައްޔިތުންނަށް އެފަދަ ކަންތައް ހަނދާންކޮށް ދެއްވުމުގައި ދެމިތިއްބަވާ ބޭފުޅުންނެވެ. މިފަދަ ދަނޑިވަޅުތަކުގައި މަދުން ނަމަވެސް އެކި ފަރާތްތަކުގެ ނުރުހުމާއި ބަދު ބަސްތަކުގެ ޝީކާރައަށް އެ ބޭފުޅުން ވުމީ ހަގީގަތެކެވެ. ނަމަވެސް ހަގީގަތަކީ އެ ބޭފުޅުން އެ އަދާކުރައްވަނީ އެ ބޭފުޅުންގެ ފަރުދީ ޒިންމާކަމެވެ.