Last Updated: November 28, 04:25
Wednesday, November 27, 2024
ޚަބަރު

ތިޖޫރީއެއް ވަގަށްނެގި މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފި

އއ. މަތިވަރީގައި ހުންނަ އެސްޓީއޯގެ ބޭސް ފިހާރައިން ވަގަށް ނެގި ތިޖޫރީ - ފޮޓޯ: ޕޮލިސް

ގއ. ކޮލަމާފުށީ ގެއެއްގެ ތިޖޫރީއެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންނާއި ހަވާލާދީ "ވަން އޮންލައިން" އިން ރިޕޯޓްކުރާ ގޮތުގައި އެ މައްސަލައާއި ގުޅިގެން މިއަދު ހައްޔަރުކޮށްފައިވަނީ އުމުރުން 28 އަހަރުގެ ފިރިހެނަކާއި އުމުރުން 32 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެ ތިޖޫރީ އެ ރަށުގެ ވަލުތެރެއިން ހޯދާފައިވާ ކަމަށާއި، ތިޖޫރީގައި ހުރި 13،510 ރުފިޔާގެ ތެރެއިން 11،010 ރުފިޔާ ހޯދާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ އޭގެ ތެރެއިން 1،000 ރުފިޔާ ފެނިފައި ވަނީ އެމައްސަލައާއި ގުޅިގެން ހައްޔަރުކުރި އުމުރުން 28 އަހަރުގެ މީހާގެ އަތުން ކަމަށެވެ.