Last Updated: November 23, 21:59
Sunday, November 24, 2024
ޚަބަރު

އުރީދޫން އާ ދެ ހިދުމަތެއް ތައާރަފް ކޮށްފި

މުއާސަލާތީ ޚިދުމަތް ފުޅާ ދާއިރާއެއްގައި ދެމުން އަންނަ އުރީދޫން އަނެއްކާވެސް ދެ ހިދުމަތެއް ދިވެހި ކަސްޓަމަރުންނަށް ތައާރަފް ކޮށްފި އެވެ.

މި ދެ ހިދުމަތް ތައާރަފް ކޮށްދެއްވީ ސްޕެއިންގެ ބާސެލޯނާގައި ކުރިއަށް ގެންދާ މޯބައިލް ވޯލްޑް ކޮންފަރެންސްގައި އެ ކުންފުނީގެ ސީއީއޯ ނަޖީބު ހާނެވެ.

އަލަށް ތައާރަފްކޮށްފައި ވަނީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އުފައްދާފައިވާ ޑިޖިޓަލް އެސިސްޓެންޓް "އެވީ" އާއި އޮންލައިން ވިޔަފާރިތަކަށް ހާއްސަ އީ-ކޮމާސް މާކެޓް ޕްލޭސް ޕްލެޓްފޯމެއް ކަމަށްވާ "މޫލީ" އެވެ.

މި ދެ ޙިދުމަތަ ތައާރަޕް ކޮށްދެއްވުމަށް ފަހު އުރީދޫގެ ސީއީއޯ ނަޖީބު ވިދާޅުވި ގޮތުގައި، ޓެކްނޮލޮޖީގެ ދާއިރާ އިން ކަންތައްތައް ތައާރަފް ވެގެން ދިޔުމުން ކަސްޓަމަރުންނަށް ބޮޑު ފަސޭހަ ކަމެއް ލިބޭނެ ކަމަށެވެ.

އުރީދޫން ތައާރަފްކޮށްފައިވާ އެވީގެ ބޭނުން ކުރަން ފެށުމުން، ކޯލް ސެންޓަރަށް ގުޅުމުގެ ބަދަލުގައި ކަސްޓަމަރުން ބޭނުންވާ ސުވާލުތަކަށް ފަސޭހަ ކަމާއެކު ޖަވާބު ދޭނެ ކަމަށާއި، އެވީ އިން އާޓިފިޝަލް އިންޓެލިޖަންސް އާއި ޑީޕް ލާނިން ބޭނުންކުރާ ޗެޓްބޮޓުތަކެއްގެ އެހީގައި ކަސްޓަމަރުންގެ ތަޖުރިބާތައް ފުރިހަމަކޮށްދޭނެ ކަމަށް މައުލޫމާތު ދީފައިވެއެވެ.

އަދި އެވީ އިން އާންމުކޮށް ކަސްޓަމަރުން އޮޅުން ފިލުވަން ބޭނުންވާ މައުލޫމާތުތައް ސުވާލުކޮށްލުމުން ކިޔައިދިނުމުގެ އިތުރުން ވޮއިސް ކޯލް އަދި އެސްއެމްއެސް މެދުވެރިކޮށް، އަދި ފޭސްބުކް މެސެންޖާ، ޓްވިޓާ، ވައިބާ، ޓެލެގްރާމް، ވަޓްސްއަޕް ފަދަ ސޯޝަލް މީޑިޔާ އެޕްތަކުން ވެސް ޚިދުމަތް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން، މޫލީގެ ބޭނުން ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުން ކުރެވޭނެ ކަމަށާއި، "މޫލީ" ޕްލެޓްފޯމް ބޭނުންކޮށްގެން ގަނެވިއްކުމުގެ ހުރިހާ މަރުހަލާއެއް އޮންލައިންކޮށް ކުރިއަށް ގެންދެވޭނެ އެވެ. އެގޮތުން ޕްރޮޑަކްޓްތައް އޯޑަރު ކުރުމާއި އޮންލައިންކޮށް ފައިސާ ދެއްކުމާއި ވިޔަފާރި ކުރުމާއި މުދާ ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ފޮނުވައިދިނުމުގެ އިތުރުން މޫލީ މެދުވެރިކޮށް ފުރަތަމަ ފިޔަވަހީގައި ފޯރުކޮށްދޭނީ އުރީދޫގެ ހުރިހާ ޕްރޮޑަކްޓުތަކާއި ރާއްޖޭގެ ތަފާތު ޔޫޓިލިޓީ ޚިދުމަތްތަކަށް އުރީދޫން ކުރިއަތް އޮތް ތަނުގައި މި ޕެލްޓްފޯމް ވެގެންދާނީ ތަރުކާރީ އާއި ގޭތެރޭގެ ސާމާނުން ފެށިގެން، އިލެކްޓްރޯނިކްސް، ކާބޯތަކެތި، ސިއްހީ އަދި ތައުލީމީ ހިދުމަތް ފަދަ ތަފާތު ވިޔަފާރިތައް ތަމްސީލުކުރެވޭނެ އީ-ކޮމާސް މާކެޓް ޕްލޭސް އަކަށް ކަމަށް އެފަރާތުން ބުނެއެވެ.

މި ދެ އުފެއްދުން ލޯންޗްކޮށްފައިވާ އިރު މި ދެ ހިދުމަތް ވެސް އަންނަ މާޗު މަހުގެ ތެރޭގައި ކަސްޓަމަރުންނާ ހަމަޔަށް ގެނެސް ދެވޭނެ ކަމަށް އުރީދޫ އިން ބުނެ އެވެ. މި ދެ އުފެއްދުން މިހާރު ދަނީ ޓެސްޓް ކުރަމުންނެވެ.