މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އާންމުންނަށް ޙިއްސާ ވިއްކަން ތައްޔާރު ވެއްޖެއެވެ.
އެމްއައިބީ އުފައްދާފައިވަނީ ދިވެހި ސަރުކާރުގެ 15 ޕަސެންޓް ހިއްސާ އާއި މެލޭޝިއާގެ އިސްލާމިކް ކޯޕަރޭޝަންގެ ފޯ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓަ (އައިސީޑީ)ގެ 85 ޕަސެންޓް ހިއްސާއާއެކުގަ އެވެ.
ނަމަވެސް 2017 ވަނަ އަހަރު ދިވެހި ސަރުކާރުން ވަނީ އެމްއައިބީގެ އިތުރު 10 ޕަސެންޓް ހިއްސާ ގަނެފަ އެވެ. މި ބަދަލާއެކު އެމްއައިބީގައި އޮތް އައިސީޑީގެ ހިއްސާއަކީ މިހާރު 70 ޕަސެންޓަށް ދަށްވެފައެވެ. އަދި ދިވެހި ސަރުކާރުގެ ހިއްސާ 25 ޕަސެންޓު އިތުރުވިއިރު އަމާނާ ތަކާފުލްގެ ހިއްސާގެ މިންވަރަކީ ފަސް ޕަސެންޓެވެ.
އެމްއައިބީ އިން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ އެ ބޭންކުން ހިއްސާ އާއްމުންނަށް ވިއްކަން ފެށުމުގެ ގިނަ މައުލޫމާތު ތަކެއް އާއްމު ކުރުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް ހިއްސާ ވިއްކަން ފަށާނެ ދުވަހަކާއި ވިއްކާނެ މިންވަރު ހާމަކޮށްފައި ނުވެއެވެ.
2010 ވަނަ އަހަރު ރާއްޖޭގައި އުފެއްދި އިސްލާމިކް ބޭންކުން އަންނަނީ ގިނަ ކުރިއަރުންތަކެއް ހޯދަމުންނެވެ. އެގޮތުން އިސްލާމިކް ފައިނޭންސްގެ ގިނަ ޕްރޮޑަކްޓްތަކެއް ނެރެފައެވެ.