ދިވެހި ސިފައިންގެ ތެރޭގައި ހަރަކާތްތެރިވާ އަންހެން ސިފައިންގެ އަދަދު އިތުރުވުމަށް އެދޭ ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
އަންހެން ސިފައިންގެ ޚިދުމަތަށް 30 އަހަރު ފުރުން ރޭ މާލޭގައި ފާހަގަކޮށްފައިވާއިރު އެކަމާ ގުޅިގެން މިނިސްޓަރ ދެއްވި ޕްރެސްއެއްގައި ވިދާޅުވީ، ދިވެހި އަންހެނުންނަށް މިންތީގެ ތަފާތުކަމެއް ނެތި ސިފައިންގެ ގޮތުގައި ޚިދުމަތް ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި އަދިވެސް ސިފައިންގޭގައި އަންހެނުންގެ އަދަދު އިތުރުވުމަކީ ވަރަށް ބޮޑަށް ދެކެން ބޭނުންވާ މަންޒަރެއް ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ އަސްކަރީ މަސައްކަތުގައި އަންހެނުންގެ ދައުރު އިތުރުވުމަކީ އަންހެނުންނަށް ލިބުނު ހަމަހަމަ ފުރުސަތު ވަރަށް ބޮޑަށް ފެނިގެން ދިޔަ ކަމުގެ ނިޝާނެއް ކަމަށެވެ.
މީގެ 30 އަހަރު ކުރިން ސިފައިންގެއާއި ގުޅުނު އަންހެން ކަނބަލުން މިއަދުވެސް ގައުމަށް ޚިދުމަތް ކުރުމުގައި ތިބިކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވައި ދުވަހުގެ ތަހުނިޔާ ރައްދު ކުރައްވާފައެވެ.
ރޭ މާލޭގައި ވަނީ އަންހެން ސިފައިންނަށް 30 އަހަރު ފުރުން ފާހަގަކޮށް ހަވާ ވެސް އަރުވާފައެވެ.