އެންމެން އެކަތިގަނޑަކަށްވެ ކަމެއް ނިންމީމަ އެކަން ހަނދާން ނައްތާލާ ގަދަބަސްބުނެ އޮޅުވާލަން މަސައްކަތް ނުކުރެއްވުމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އިލްޔާސް ވިދާޅުވެއްޖެއެވެ.
މިކަމަށް އިޝާރާތް ކުރައްވާ ޝެއިޚް އިލްޔާސް ކުރެއްވި ޓްވީޓްގައިވަނީ ތަރައްގީގެ ނަމުގައި މުސްލިމުން އިސްލާމީ ރިވެތި އަޚްލާގާއި ދުރުކުރުމަށް މަސައްކަތް ނުކުރެއްވުމަށް ދަންނަވާ ކަމަށް ވިދާޅުވެފައެވެ.
Emmeh ekathigandakahve kameh nimmeema ekan handhan naththalafa gadhabas bune olhuvalan masakkah nukurevvemah dhannavan tharaggeege namugai muslimun islamee rivethi akhlagai dhurukuran masakkah nukurevvemahves dhannavan Allahuge niya v varugadha vane kan handhuma kuravva!
— Ilyas Hussain (@shkilyas) March 2, 2019
"އެންމެން އެކަތިގަނޑަކަށްވެ ކަމެއް ނިންމީމަ އެކަން ހަނދާން ނައްތާލާ ގަދަބަސްބުނެ އޮޅުވާލަން މަސައްކަތް ނުކުރެއްވުމަށް ދަންނަވަން. ތަރައްގީގެ ނަމުގައި މުސްލިމުން އިސްލާމީ ރިވެތި އަޚްލާގާއި ދުރުކުރަން މަސައްކަތް ނުކުރެއްވުމަށް ވެސް ދަންނަވަން. ﷲގެ ނިޔާ ވަރަށް ވަރުގަދަވާނެކަން ހަނދުމަކުރައްވާ!" އިލްޔާސް ވިދާޅުވިއެވެ.
މިއީ ސީދާ ކޮން ކަމަކަށް އިޝާރާތް ކުރައްވާ ކުރެއްވި ޓްވީޓެއް ކަމެއް އެއިން އެނގެން ނެތް ކަމުގައި ވިޔަސް ރާއްޖޭގެ މާހައުލުގައި މިހާރު ހިނގަމުންދާ ބައެއް ކަންތަކަށް ޝެއިޚް އިޝާރާތް ކުރެއްވީ ކަމަށް ބެލެވެއެވެ. ގިނަ ބަޔަކު އެކުވެގެން އެއްބަހެއް ކިޔައިގެން އެކުލަވާވި ކޯލިޝަނުން ބައެއް ފަރާތްތައް ދަނީ އެއްބާރުލުން ހަނިކުރަމުންނެވެ. މި ވާހަކަ ތަކަކީ ގިނަ ބަޔަކު ކަންބޮޑުވާ ވާހަކަތަކެކެވެ.