ފުރަތަމަ އެމީހުން ބުނެފައިވަނީ މީހުން އުޅޭ ރަށްރަށުގައި ގެސްޓުން އުޅެނީ ރާއްޖޭގެ ކަލްޗަރއަށް އިހްތިރާމް ކޮށްގެން ކަމަށާއި ބިކިނީ ނުލާނެ ކަމަށް ބުނެފައިވާ ކަމަށް ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މީހުން އުޅޭ ރަށްރަށުގެ މޫދު ސަރަހައްދު ތަކުންނާއި ރަށު ތެރެއިން ވެސް ފަހަކަށް އައިސް ބިކިނީގައި ތިބޭ ފަތުރުވެރިން ފެނުން ވަނީ އާންމު ވެފައެވެ. މިިކަމަށް އިޝާރާތްކުރައްވާ ކަންބޮޑުވާހާލު ޝެއިޚް ޒައިދު ވަނީ މިއަދު އެ ބޭފުޅާ ކުރެއްވި ޓްވީޓްގައި ކަންތައް ހިނގާގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
1st They said: meehun ulhey rah rashuga, guestun ulheynee raajjeyge culture ah ihthiraam kohgenoo! Bikini nulaaneyoo! Manaloo! Dhen hedhee Bikini beach. Dhen othee Barahana beach thoo!? Shaithoanaa dhanee step by step meehun hellun theri kuruvamun. $ dhakkamun.سبحان الله
— Ali Zaid (@alizaid1000) March 2, 2019
"ފަސްޓް ދޭއި ސެއިޑް:މީހުން އުޅޭ ރަށްރަށުގައި ގެސްޓުން އުޅެނީ ރާއްޖޭގެ ކަލްޗަރއަށް އިހްތިރާމް ކޮށްގެންނޯ! ބިކިނީ ނުލާނެޔޯ! މަނަލޯ! ދެން ހެދީ ބިކިނީ ބީޗް. ދެން އޮތީ ބަރަހަނާ ބީޗްތޯ!؟ ޝައިތާނާ ދަނީ ސްޓެޕް ބައި ސްޓެޕް މީހުން ހެއްލުންތެރި ކުރުވަމުން. ޑޮލަރު ދައްކަމުން. ސުބުޙާނަﷲ." ޝެއިޚް ޒައިދު ވިދާޅުވިއެވެ.
ތޮއްޖެހިފައިވާ މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުގައި ވެސް ދޭތެރެ ދޭތެރެއިން ބިކިނީގައި ފަތުރުވެރިން އުޅޭތަން މަދުން ނަމަވެސް ފެންނަކަމީ ހަގީގަތެކެވެ. އެފަދަ ވަގުތު ތަކުގައި ދިވެހި އާއިލާތައް ވެސް އެ މޫދުގެ ބޭނުން ކުރަމުންދާ މަންޒަރު އެއީ މުސްލިމް މުޖުތަމަޢުއަކުން ފެންނަން އެކަށީގެންވާ މަންޒަރުތަކެއް ކަމަށް ގަބޫލެއް ނުކުރެވެއެވެ. މިއީ ކަމާއިބެހޭ ފަރާތްތަކުން ވަރަށް ރަނގަޅަށް ބަލާ ފިޔަވަޅު އަޅުއްވަން ޖެހޭނެ މައްސަލައެކެވެ.