Last Updated: April 19, 23:09
Saturday, April 19, 2025
ޚަބަރު

އިމާރާތަކުން ބާލިދީއެއް ވެއްޓި އަންހެނަކަށް އަނިޔާވެއްޖެ

މާލޭގެ އިމާރާތްތަކެއް: ފޮޓޯ: ވީނިއުސް

މާލޭގެ މާވެޔޮމަގުގައި ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ބާލިދީ އަކުން ޖެހި އަންހެން މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މިއަދު 13:50 ހާއިރު އިމާރާތަކުން ވެއްޓުނު ބާލަދީއެއް އުމުރުން 28 އަހަރުގެ އަންހެނެއްގެ މޭމަތީގައި ޖެހިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެ އަންހެން މީހާއަށް ސީރިއަސް އަނިޔާތަކެއް ވެފައި ނުވާ ކަމަށެވެ.

އަދި މި ހާދިސާ ހައުސިންގް މިނިސްޓްރީއާއި ސިޓީ ކައުންސިލްގެ ސަމާލުކަމަށް ގެނެސް އެ ކޮންސްޓްރަކްޝަން ސައިޓަށް ގޮސް ހަރަކާތްތެރިވެފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި ފަހަކަށް އައިސް އިމާރާތްތަކުން ވެއްޓޭ އެއްޗެހިން ޖެހި އަނިޔާވާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.