Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު

އައްޑޫގެ ހަތް ދާއިރާ އަށް 24 ކެންޑިޑޭޓުން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން އައްޑޫ ސިޓީގެ ހަތް ދާއިރާ އަށް 24 ކެންޑިޑޭޓުން ކުރިމަތިލައިފިއެވެ.

އައްޑޫގެ ހުރިހާ ދާއިރާ އަކަށް ސަރުކާރު ކޯލިޝަނުގެ މައި ޕާޓީ ކަމަށްވާ އެމްޑީޕީން ވާދަކުރާއިރު، އަމިއްލަ ގޮތުން މި އިންތިހާބުގައި އައްޑޫގެ އެކި ދާއިރާތަކަށް ވާދަކުރާ ކެންޑިޑޭޓުން ވެސް ގިނަކަން ފާހަގަކޮށްލެވެއެވެ.

މީގެއިތުރުން އެމްޑީޕީގެ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވި ފަރާތެއް ވެސް އަމިއްލަ ގޮތުން އައްޑޫގެ ދާއިރާ އަކަށް ވާދަކުރެއެވެ. އެއީ ހިތަދޫ އުތުރު ދާއިރާ އަށް ވާދަކުރައްވާ އަހުމަދު މުހައްމަދު (ފަޒާ އަހުމަދު) އެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހު ކަމަށްވާއިރު، އިންތިހާބަށް ކެމްޕޭން ކުރުމުގެ މަސައްކަތް ކެންޑިޑޭޓުން އަންނަނީ ވަރަށް ފޯރިއާއެކު ކުރަމުންނެވެ.

އައްޑޫގެ ދާއިރާތަކަށް ވާދަކުރާ ކެންޑިޑޭޓުން (ކެންޑިޑޭޓް ނަމްބަރު ތަރުތީބުން)

ހުޅުދޫ ދާއިރާ

މުހައްމަދު ޝާހިދު (ޕީޕީއެމް)

އިލްޔާސް ލަބީބު (އެމްޑީޕީ)

ފޭދޫ ދާއިރާ

އިބްރާހިމް ދީދީ (އަމިއްލަ ގޮތުން)

މުހައްމަދު ނިހާދު (އެމްޑީޕީ)

މަރަދޫ ދާއިރާ

ޝެރީނާ އަބްދުއްސަމަދު (ކޮންގްރެސް ޕާޓީ)

އިބްރާހިމް ޝަރީފު (މަވޯޓާ) – (އެމްޑީޕީ)

މުހައްމަދު ފަޒީލް އަލިދީދީ (އަމިއްލަގޮތުން)

ފާތިމަތު ބަދޫރާ (އަމިއްލަގޮތުން)

ހިތަދޫ އުތުރު ދާއިރާ

އަހުމަދު މުހައްމަދު (ފަޒާ އަހުމަދު) – (އަމިއްލަގޮތުން)

މުހައްމަދު ޖިނާން ޖަލީލު (ކޮންގްރެސް ޕާޓީ)

އަހުމަދު ސައީދު (އަމިއްލަގޮތުން)

އަލީ އިބްރާހިމް (އަމިއްލަގޮތުން)

މުހައްމަދު އަސްލަމް (އެމްޑީޕީ)

ހިތަދޫ މެދު ދާއިރާ 

އަހުމަދު ރަޝީދު (ޗެކްމާކް) – (އެމްޑީޕީ)

ޒާހިދު ރަމީޒު (އަމިއްލަގޮތުން)

ހުސެއިން ސޯލިހު (ޖުމްހޫރީ ޕާޓީ)

މުހައްމަދު އާރިފް (އަމިއްލަގޮތުން)

ހިތަދޫ ދެކުނު ދާއިރާ 

އަހުމަދު ލަތީފް (އަމިއްލަގޮތުން)

ޑރ.އަހުމަދު އަދީލު (އަމިއްލަގޮތުން)

އިބްރާހިމް ނާޒިލް (އެމްޑީޕީ)

މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑު) – (އަމިއްލަގޮތުން)

އައްޑޫ މީދޫ ދާއިރާ 

އަބްދުއްރަހުމާން (އަމިއްލަގޮތުން)

މުހައްމަދު ފަރުހާދު (އަމިއްލަގޮތުން)

ރޮޒެއިނާ އާދަމް (އެމްޑީޕީ)