އެސްޓީއޯ ބޯޑުގެ އާންމު ހިއްސާދާރުން ތަމްސީލު ކުރާނެ ޑިރެކްޓަރެއް ހޯދުމަށް މިއަދު އެސްޓީއޯ ބޯޑުން އިއުލާންކޮށްފިއެވެ.
އެ ކުންފުނިން ކުރި ޢިއުލާން ގައި ވަނީ ޝަރުތު ހަމަވާ ފަރާތްތަކުން "އެސްޓީއޯގެ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް" އާއި އެފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2019 މާރޗް 27 ވާ ބުދަ ދުވަހުގެ 16:00 ކަމުގައެވެ.
މި މަގާމަށް އެދި ހުށައަޅާ ފޯމް އެސްޓީއޯގެ މައި އޮފީހުގެ ރިސެޕްޝަނަށް ނުވަތަ cs@stomaldives.net އަށް އީމެއިލް ކުރެވިދާނެ ކަމަށާއި އަދި ފެކްސްގެ ޒަރިއްޔާއިން ހުށަހަޅާނަމަ ނަންބަރަކީ 3344533 އެވެ. މިފޯމް އެ ކުންފުނީގެ ރިސެޕްޝަން އަދި ކުންފުނީގެ ވެބްސައިޓް www.sto.mv އިން ލިބޭނެ ކަމަށް އެކުންފުނިން ބުނެއެވެ.
ޑިރެކްޓަރުކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ކުންފުނިން ކޮށްފައިވާ އިއުލާނާއި "ބޯޑު ކެނޑިޑަސީ ގައިޑްލައިން" ގައި ބަޔާންކުރެވިފައިވާނެ ކަމަށާއި އަދި މިޑޮކިއުމަންޓްތައް ކުންފުނީގެ ވެބްސައިޓުގައި ވެސް ޝާއިރުކޮށްފައިވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ސަރުކާރު ތަމްސީލްކުރާ ޑިރެކްޓަރުންނަށް ބަދަލެއް ގެންނަން ބޭނުންވާނަމަ 2019 މާރޗް 27 ވާ ބުދަ ދުވަހުގެ 1600 ގެ ކުރިން އެކަން އެސްޓީއޯއަށް އަންގައިދިނުމަށް އެދި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް މިއަދު ހުށަހަޅައިފައިވާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.