Last Updated: November 27, 21:29
Wednesday, November 27, 2024
ޚަބަރު

ވޫލް އިން ވިޔަން ދަސްކޮށްދޭ ކޯހެއް އައްޑޫގައި ބާއްވަނީ

ވޫލް އިން ވިޔަން ފަސްކޮށްދޭ ކޯހެއް އައްޑޫ ސިޓީގައި ބާއްވަން ނިންމައިފި އެވެ.

ހިތަދޫ ފަތްމިނި ފެހުންގައި ބާއްވާ މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ބައިވެރިވުމުގެ ފީއަކީ 1،000ރ. އެވެ.

މި ކޯސް އިންތިޒާމްކުރާ ފަރާތާއި ހަވާލާދީ "އައްޑޫ އޮންލައިން" އިން ރިޕޯޓްކުރާ ގޮތުގައި މި ކޯހުގައި ތަޅުދަނޑީގައި ލައްވާ ހަ ވައްތަރެއްގެ އެއްޗެހި ހަދަން ދަސްކޮށްދޭނެ ކަމަށާއި، މި ކޯސް ބާއްވަން ހަމަޖެހިފައި ވަނީ މި ހިނގާ މާޗު މަހުގެ 09 އިން 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

ކޯހުގެ ބައިވެރިންނަށް ތަކެތި ހެދުމަށްޓަކައި ބޭނުންވާ ހުރިހާ ސާމާނެއް އިންތިޒާމްކުރާ ފަރާތުން ފޯރުކޮށްދޭ ގޮތަށް ހަމަޖެހިފައިވާއިރު، ކޯސް ފުރިހަމަކުރާ ކޮންމެ ބައިވެރިއަކަށް ސެޓްފިކެޓެއް ވެސް ލިބޭނެ އެވެ.

މި ކޯހާއި ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށާއި ކޯހުގައި ބައިވެރިވުމަށް 9754710، މި ނަންބަރަށް ފޯނުކޮށްގެން މައުލޫމާތު ސާފު ކުރެއްވޭނެއެވެ.