ދައުލަތުގެ ލާރީގައި އަޅާ މިސްކިތެއްގައި ނަމާދު ނުކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށާއި، އެ މިސްކިތުގައި ނަމާދު ކުރެވޭނެ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝެއިޚް ޒައިދު މިހެން ވިދާޅުވެފައިވަނީ ބުދަ ދުވަހުގެ ރޭ ކުރެއްވި ޓްވީޓެއްގައެވެ.
Dhaulathuge laareegai miskitheh alhaifi nama, e miskitheh gai namaad nukureveyne ehves gotheh neh. Namad kureveyne! Adhi namaad Sahha ves vaane insha Allah. Nubai niyai meeheh ge oi nama eiy emeeheh ge kameh! Miskithaa behey kameh noon!
— Ali Zaid (@alizaid1000) March 6, 2019
"ދައުލަތުގެ ލާރީގައި މިސްކިތެއް އަޅައިފިނަމަ، އެ މިސްކިތުގައި ނަމާދު ނުކުރެވޭނެ އެއްވެސް ގޮތެއް ނެތް. ނަމާދު ކުރެވޭނެ! އަދި ނަމާދު ސައްޙަ ވެސް ވާނެ އިންޝާﷲ. ނުބައި ނިޔަތް މީހެއްގެ އޮތްނަމަ އެއީ އެމީހެއްގެ ކަމެއް! އެއީ މިސްކިތާއިބެހޭ ކަމެއް ނޫން! " ޝެއިޚް ޒައިދު ވިދާޅުވިއެވެ.
މިއީ ސީދާ ކޮން މިސްކިތަކާއި ބެހޭގޮތުން ދެއްކެވި ވާހަކަތަކެއް ކަމެއް މި ޓްވީޓުން އެނގޭކަށް ނެތެވެ. ނަމަވެސް ދާދި ފަހުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް(މެޑަމް ފާތުން)ގެ މައިންބަފައިންގެ ހަނދާނުގައި ނިމިގެން ދިޔަ ވެރިކަމުގައި ހުޅުމާލޭގައި އެޅުނު މިސްކިތަށް މޯލްޑިވް ގޭހުން 2.5 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަން ވަނީ ފަޅާއަރާފައެވެ. އެކަމުގެ ސަބަބުން ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވަނީ މިސްކިތާއިބެހޭ ގޮތުން ގިނަ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ވެސް ދައްކާފައެވެ.