2014 ވަނަ އަހަރު ރިލީޒްކުރި ޑިޒްނީ ފިލްމް ކަމުގައިވާ "މެލަފިސެންޓް"ގެ ދެވަނަ ބައިގެ ޓައިޓަލް އާއި، ޕޯސްޓަރ ދައްކާލައި، ފިލްމް ރިލީޒްކުރާ ތާރީޚް އަވަސްކޮށްފި އެވެ.
"މެލަފިސެންޓް: މިސްޓްރެސް އޮފް އީވިލް"ގެ ނަމުން ނަން ދީފައިވާ މި ފިލްމް ކުރިން ރިލީޒްކުރުމަށް ޝެޑިއުލްކޮށްފައި އޮތީ އަންނަ އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހަށެވެ. ނަމަވެސް މިހާރު މި ފިލްމް ރިލީޒްކުރާނީ 18 އޮކްޓޯބަރ 2019 ގައެވެ.
Angelina Jolie returns in Maleficent: Mistress of Evil. Coming to theaters October 18, 2019. pic.twitter.com/KikT5htvJl
— Walt Disney Studios (@DisneyStudios) March 6, 2019
މިހާރު މި ފިލްމް ނެރޭނީ 'ބްލޫމްހައުސް' އިން އުފައްދާ ބިރުވެރި ފިލްމްވެސް ނެރޭ ދުވަހު އެވެ. އަދި ބޮކްސް އޮފީހުގައި މި ފިލްމާއި ވާދަކުރާނެ އެހެން ފިލްމްތަކުގެ ތެރޭގައި އޮކްޓޯބަރ ކުރީކޮޅު ރިލީޒްކުރާ "ދި އެޑަމްސް ފެމިލީ" އާއި "ޒޮމްބީލޭންޑް 2"ގެ އިތުރުން "ޖެމިނީ މޭން" ހިމެނެއެވެ.
މި ފިލްމް އަންނަ އަހަރު ރިލީޒްކުރާނަމަ "ފާސްޓް އެންޑް ފިއުރިއަސް 9" އަދި "ދަ ސްޕޮންޖްބޮބް މޫވީ" އާއި ބޮކްސް އޮފީހުގައި ވާދަކުރާނެ އެވެ.
އެ ދެ ފިލްމަކީވެސް ފޭނުން ގިނަ ދެ ފިލްމް ކަމަށްވާއިރު، ފިލްމް ރިލީޒްކުރާ ތާރީޚް އަވަސްކުރުމަކީ ރަނގަޅުކަމެއް ކަމަށް ލަފާކުރެވެއެވެ.
"މެލަފިސެންޓް"ގެ ދެވަނަ ބައިން އޭންޖެލީނާ ޖޯލީގެ އިތުރުން އެލް ފޭނިންގ އާއި ސޭމް ރައިލީ އާއި އައިމެލްޑާ ސްޓޯންޓަން އަދި ޖޫނޯ ޓެމްޕަލްގެ އިތުރުން ލެސްލީ މޭންވިލް ވެސް ފެނިގެންދާނެ އެވެ. މި ތަރިންނަކީ ފިލްމްގެ ފުރަތަމަ ބައިން ވެސް ފެނިގެންދިޔަ ތަރިންނެވެ.
މީގެ އިތުރުން ފިލްމާއި އަލަށް ގުޅޭ ތަރިންގެ ތެރޭގައި މިޝެލް ފައިފަރ އާއި އެޑް ސްކްރެއިންގެ އިތުރުން ހެރިސް ޑިކިންސަން އަދި ޗިވެތެލް އެހިއޮފޮރ ހިމެނެއެވެ.