ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމް އައިޓީބީ ފެއާގައި ބައިވެރިވަޑައިގެން ފިންލޭންޑަށް ވަޑައިގެންފިއެވެ.
ނައިބު ރައީސްގެ ފިންލޭންޑު ދަތުރުފުޅަކީ ރާއްޖޭގެ ތައުލީމީ ދާއިރާގައި ރަނގަޅު ކުރަން ޖެހޭ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
އެމަނިކުފާނު ވިދާޅުވީ މިސަރުކާރުން ގައުމުގެ ތައުލީމީ ދާއިރާއަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށާއި ތައުލީމީ ދާއިރާއަށް ގެނެވެން ހުރި ކުރިއެރުންތައް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ނައިބު ރައީސް ފައިސަލް ޖަރުމަނު ވިލާތަށް ފުރާވަޑައިގެންނެވީ އައިޓީބީ ފެއާގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. އެމަނިކުފާނު ފިންލޭންޑަށް ފުރާ ވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގައެވެ.