ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށާއި އަދި ތާއީދު ދަމަހައްޓާނެ ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.
ޝެއިޚް އިލްޔާސް މިހެން ވިދާޅުވެފައިވަނީ އެ ބޭފުޅާ މީގެ ކުރިން ކުރެއްވި ޓްވީޓެއްގައި ކިތަންމެ ސަޕޯޓްކުރިޔަސް އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ނުހިތާ ދީނުގެ އުސޫލުތަކަށް ފާޑުކިޔާ އިސްލާމްދީނާއި ބީރައްޓެހި ސަގާފަތް ފަތުރާ ބަޔަކާއެކު ހިތާހިތުގެ ގުޅުމެއް ނުބެހެއްޓޭނެ ކަމަށާއި އެއީ މުސްލިމުންނަށް ހުއްދަވެގެންވާ ކަމެއް ނޫން ކަމަށް ވިދާޅުވެފައިވާ ބަސްފުޅުތަކުގެ މާނަ އޮޅުވާލާ ބައެއް ފަރާތްތަކުން ޝެއިޚް އިލްޔާސް ރައީސް ސޯލިހްއަށް ތާއީދު ނުކުރައްވާ ކަމަށް މާނަކުރައްވަމުން ގެންދަވާތީ އެއަށް ޖަވާބުދާރީވުމުގެ ގޮތުން މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
Gulhun beyvvumugai dheenugai ekan aisfaiva goi bunedhinumakee alhugandu Raeesul jumuhooriyya IMS ah thaeedhu nukurakamah manakurumakee kuh hee eh
IMS ah alhugandu furihamayha thaeedhu kuran adhi a thaeedhu dhamahattanan in sha allah— Ilyas Hussain (@shkilyas) March 11, 2019
"ގުޅުން ބޭއްވުމުގައި ދީނުގައި އެކަން އަންގަވާފައިވާ ގޮތް ބުނެދިނުމަކީ އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްއަށް ތާއީދު ނުކުރާ ކަމަށް މާނަކުރުމަކީ ކުށް ހީއެއް. އިބްރާހީމް މުހައްމަދު ސޯލިހްއަށް އަޅުގަނޑު ފުރިހަމައަށް ތާއީދު ކުރަން އަދި އެ ތާއީދު ދަމަހައްޓާނަން އިންޝާﷲ." ޝެއިޚް އިލްޔާސް ވިދާޅުވިއެވެ.