Last Updated: February 16, 22:50
Sunday, February 16, 2025
ޚަބަރު

ރަލުން ލިބޭ ފާފަޔަށް ނުބަލާ މަންފާއަށް ބެލުމަކީ ދެދުނިޔޭގައި މީހާ އަބާއްޖަވެރިވާނެ ކަމެއް: ޝެއިޚް އިލްޔާސް

ރަލުން ލިބޭ ފާފަޔަށް ނުބަލާ ހަމައެކަނި އެއިން ލިބޭ ފައިދާއަށް ބެލުމަކީ ދެދުނިޔޭން ވެސް އެމީހާ އަބާއްޖަވެރިވާނެ ކަމެއް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.

މީހުން ދިރިއުޅޭ ރަށް ރަށުގައި ހިންގާ ގެސްޓު ހައުސް ތަކުގައި ރާ ވިއްކުމަށް ހިތްވަރު ދެއްވައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަށް އަމާޒުވާ ގޮތަށް ޝެއިޚް އިލްޔާސް ކުރެެއްވި ޓްވީޓްގައި ވަނީ ރަލުން ލިބޭ މަންފާއަށްވުރެ ލިބޭ ފާފަ ބޮޑުކަމަށް ﷲ ވަޙީުރައްވާފައިވާ ހިނދު މުސްލިމުން ރަލުން ލިބޭ ފާފަޔަށް ނުބަލާ ހަމައެކަނި ލިބޭ މަންފާއަށް ބެލުމަކީ ދެދުނިޔޭގައި ވެސް މީހާ އަބާއްޖަވެރިވާނެ ކަމެއް ކަމަށް ވިދާޅުވެފައެވެ.

"ރަލުން ލިބޭ މަންފާއަށްވުރެ ލިބޭ ފާފަ ބޮޑުކަމަށް ﷲ ވަޙީުރައްވާފައިވާ ހިނދު މުސްލިމުން ރަލުން ލިބޭ ފާފަޔަށް ނުބަލާ ހަމައެކަނި ލިބޭ މަންފާއަށް ބެލުމަކީ ދެދުނިޔޭގައި ވެސް މީހާ އަބާއްޖަވެރިވާނެ ކަމެއް. އިލާހީ މި ބަސްފުޅާއިމެދު ފުންކޮށް ވިސްނަވާފަ ފައިސިލާ ކުރައްވާ ކާކުތޯ ހެޔޮއެދެނީ؟ ޝެއިޚް އިލްޔާސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ދެއްކެވި ވާހަކަތަކަށް ވަރަށް ގިނަބައެއްގެ ފާޑުކިޔުންތައް އަމާޒުކުރައްވާފައިވާ އިރު ދީނީ އިލްމުވެރިން ވަނީ މިކަމަށް އިޝާރާތްވާ ފަދަ އިބާރާތްތަކުން ޓްވީޓް ކުރައްވާފައެވެ.