Last Updated: November 25, 22:26
Monday, November 25, 2024
ޚަބަރު

ފިކުރު އެއްގޮތްވާކަށް ނުޖެހޭ، އެއީ ޑިމޮކްރަސީއަކީ: ނިޒާރު

ޕާޓީތަކުގެ ފިކުރު އެއްގޮތްވާކަށް ނުޖެހޭ ކަމަށާއި ޑިމޮކްރަސީއަކީ އެއީ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

މިކަމަށް އިޝާރާތްކުރައްވާ ނިޒާރު ކުރެއްވި ޓްވީޓްގައި ނިޒާރު ވިދާޅުވެފައިވަނީ ސިޔާސަތުގެ ވާހަކަ ދައްކަންވީމަ އެބަޔަކު ތިބި ގޮތާއި ފިކުރު ސާފުކޮށް ހާމަވާ ކަމަށެވެ.

"ސިޔާސަތުގެ ވާހަކަ ދައްކަންވީމަ އެ ބަޔަކު ތިބި ގޮތާއި ފިކުރު ސާފުކޮށް ހާމަވޭ. އެހެންވީމަތާ އެމްޑީޕީއާއި ޖޭޕީއޭ ކިޔާ ނަންދީގެން ޕާޓީ މިހަދަނީ. ފިކުރު އެއްގޮތްވާކަށް ނުޖެހޭ. އެއީ ޑިމޮކްރަސީއަކީ." ނިޒާރު ވިދާޅުވިއެވެ.

ޖޭޕީއަކީ އެމްޑީޕީއާއެކު ކޯލިޝަން ހަދައިގެން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ނިކުތް ޕާޓީއެކެވެ. އެހެން ނަމަވެސް އާދައިގެ މަތިން އިންތިޚާބު ކާމިޔާބު ކުރުމަށްފަހު ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ އެ ބޭފުޅާގެ ޕާޓީގެ ތާއީދު ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް އޮތީ ރައީސް ޔާމީނާއި ގުޅިގެން ކަމަށް ވިދާޅުވެފައެވެ. އެކި ޕޯޑިއަމްތަކުގައި އެމްޑީޕީއާއި ދިމާލަށް ދިއްކުރަމުންދާ އިނގިލިތަކުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ ގާސިމަށް އަމާޒުވެފައެވެ.