Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު

400 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް ހިމްނާ އާކޮށްފި

ހިމްނާ، ޖަޕާނުގެ ގިފޫގައި، 400 މީތަރ ދުވުމުގެ ގައުމީ އާ ރިކޯޑެއް ވަނީ ހަދާފައި

ރާއްޖޭގެ އަންހެނުންގެ 400 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް އައިޝަތު ހިމްނާ ހަސަން އާ ކޮށްފިއެވެ.

މިއީ ހިމްނާ މި ރެކޯޑް އާ ކުރި 3 ވަނަ ފަހަރެވެ.

ކޮމަންވެލްތު ގޭމްސްގައި 2010 ވަނަ އަހަރު 1 މިނެޓު 00:33 ސިކުންތުން ދުވެގެން މިރުފަތު އަހުމަދު ހެދި 400 މީޓަރުގެ ރެކޮޑް ހިމްނާ އެންމެ ފުރަތަމަ މުގުރާލީ މިދިޔަ އަހަރުގެ ޖޫން މަހު އޮތް އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުގަ އެވެ.

ޖަޕާނުގެ ގިފޫގައި ކުރިއަށް ދިޔަ ސައުތް އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 200 މީޓަރު ދުވުމުން ރާއްޖޭގެ ޔޫތު ރެކޯޑު ވެސް ހިމްނާ ވަނީ މުގުރާލައިފިއެވެ.

އެގޮތުން ހިމްނާ ވަނީ 200 މީޓަރު ހީޓުގައި 26.73 ސިކުންތުން ރޭސް ނިންމައިގެން ރާއްޖޭގެ ގައުމީ ޔޫތު ރެކޯޑު މުގުރާލާފައެވެ.
ކުރިން ހިމްނާ އެންމެ ބާރަށް ދުވެފައިވަނީ 27.32 ސިކުންތުންނެވެ. އެހެންމެކަމުން މިއީ ހިމްނާ އަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

މީގެ އިތުރުން ޖޫން 7 ގައި ހިމްނާ ވަނީ 400 މީޓަރު ދުވުމުން ރާއްޖޭގެ ގައުމީ ރިކޯޑު ވެސް މުގުރާލާފައެވެ. އަށް އަހަރުވީ މި ރެކޯޑު ހިމްނާ މުގުރާލާފައިވަނީ 59.76 ސިކުންތުން ރޭސް ނިންމައިގެންނެވެ.

އައްޑޫ ސިޓީ އަށް ނިސްބަތްވާ ހިމްނާ ވަނީ މިދިޔަ މަހު ލަންކާގައި ބޭއްވުނު ސައުތު އޭޝިޔަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ވެސް ރާއްޖެ ތަމްސީލު ކޮށްފައެވެ. މިމުބާރާތުގައި ހިމްނާ ވަނީ ގައުމީ ޔޫތު ރެކޯޑު 400 މީޓަރު ދުވުމުން އާކޮށްފައެވެ.

ހިމްނާ އަކީ ފާއިތުވި ގިނަ މުބާރާތް ތަކުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ދުވުންތެރިއެކެވެ. ހަމަ އެހެންމެ އެތައް ފަހަރެއްގެ މަތިން މުބާރާތް ތަކުގައި އުމުރުފުރާގެ އެންމެ މޮޅު އެތުލީޓު އަދި ބެސްޓް އޯލް ރައުންޑް އެތުލީޓުގެ މަގާމު ވެސް ހިމްނާ ވަނީ ހޯދާފައެވެ.

ހިމްނާ އަކީ އެތުލެޓިކްސް އެސޯސިއޭޝަނުން އައްޑޫ ސިޓީގައި ހިންގާ ޓްރެއިނިން ސެންޓަރުން ތަމްރީންވި ރާއްޖޭގެ 200 މީޓަރު ދުވުމުގެ ޔޫތު ރެކޯޑް ވެސް އޮންނަ ދުވުންތެރިޔާ އެވެ.
އޭނާ ވަނީ މިދިޔަ އަހަރުގެ މޭ މަހު ސައުތު އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕުގައި 27.32 ސިކުންތުން ދުވެގެން ހެދި ރެކޯޑް އާކޮށް އެ އަހަރުގެ އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕު26.73 ސިކުންތުން ކާމިޔާބު ކޮށްފައެވެ.