ރޭ ދަންވަރު ސ. މީދޫ ފަރަށް އެރި އެރަށު އަލްމާ ބޯޓުން މުދާ ހުސްކުރުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ސިފައިންނާއި އާއްމުން ގުޅިގެން ފަށައިފިއެވެ.
މާލެއިން ފުރައިގެން މީދޫއަށް ދަތުރުކުރި އަލްމާ ބޯޓު އަރާފައިވަނީ މީދޫ ނެރުބައްތީގެ އިރު ދެކުނު ފަރަށެވެ. މި ހާދިސާގައި ބޯޓުގެ ބަނޑުފިލާއިން ތިން ފޫޓުތަނެއް ވަނީ ފޫގޮސްފައެވެ.
11 މީހުންނާއި އެކު ދަތުރުކުރި މި ބޯޓުން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ.
އެމްއެންޑީއެފް މީޑިއާ އޮފިޝަލް ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އަލްމާ ބޯޓުން މުދާ ހުސްކޮށް، ޕަމްޕް ބޭނުންކޮށްގެން ދިޔަ ގަނޑު ކޮންޓްރޯލް ކުުރުމުގެ މަސައްކަތުގައި ސިފައިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.
މިހާދިސާގައި ބައެއް ތަކެތި ހަލާކުވެފައިވާ އިރު ޖުމްލަ ގެއްލުމުގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.