ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަކީ ބޮޑުތަކުރުފާނާއި ދޮން ބަންޑާރައިން ފަދައިން ދިވެހި ރައްޔިތުންނާއި ދިވެހި ފަސްގަނޑު ދެކެ ލޯބިވާ ލީޑަރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ.
މިފަހަކަށް އައިސް ނިހާންގެ ތައުރީފުގެ ބަސްތައް ގާސިމަށް ވަރަށް ބޮޑަށް އަމާޒުކުރަމުންދާއިރު އޭނާ ވަނީ މިއަދުވެސް ގާސިމަށް އަމާޒުކޮށް ޓްވީޓުތަކެއް އަމާޒުކޮށްފައެވެ.
އެގޮތުން ނިހާން ކުރެއްވި ފުރަތަމަ ޓްވީޓުގައި ވަނީ ގާސިމަކީ ބޮޑުތަކުރުފާނާއި ދޮންބަންޑާރައިން ފަދައިން ދިވެހި ފަސް ގަނޑާއި ރައްޔިތުން ދެކެ ލޯބިވާ ލީޑަރެއްކަން ޖޭޕީގެ ކައުންސިލްގެ މެންބަރުންގެ ތެރެއިން ބަޔަކަށް ނޭނގޭ ނަމަ ދައްކާނެ އިތުރު ވާހަކައެއް ނެތް ކަމަށެވެ.
JP ge Leader adhi Majlis Raees Hon @qasimibrahim akee Bodu Thakurufaanaa, Dhonbandaarain fadhain Mi Dhivehi Fasgandaa Raiyyithun Dheke Loabivaa Leader eh kan @Jumhooree_MV Party ge Council Membarunge therin Bayakah Neygey Nama Dhen Ithurah Dhakkaane ehvves vaahaka eh neiy. 🙏🏻 pic.twitter.com/EAnAZz3WKj
— Ahmed Nihan (@ahmed_nihan) March 16, 2019
ނިހާން މިއަދު ކުރި ދެވަނަ ޓްވީޓުގައި ވަނީ ވެރިކަމާއި ވަޒީރުކަން ހޯދަންވުމުން ގާސިމް ވަރެއް ނެތް ކަމަށާއި އެކަންކަން ލިބުމުން ހުރިހާ އެންމެން ގާސިމްގެ މަތީން ހަނދާން ނެތޭ މައްސަލަ ގައުމީ ފެންވަރެއްގައި ބަލަން ޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ.
Verikamaa, Vazeeru kan Hoadhan Veema @qasimibrahim Vareh Neiy, Hama Libey Irah Mi in Ekaku ves Qasim Ibrahim Mathin Handhaan Nethey Massala Eba Jehey Qaumee Fenvaruga Balan.
— Ahmed Nihan (@ahmed_nihan) March 16, 2019
އިދިކޮޅު ޕީޕީއެމް އާއި ކޮންގްރެސް ޕާޓީގެ އިސް ބޭފުޅުންގެ ތައުރީފު ގާސިމަށް އަމާޒުވެފައިވާއިރު، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވަނީ ޕީޕީއެމް އާއި ޕީއެންސީއާ ގުޅިގެން ވާދަކުރުމަށް ނިންމާފައެވެ.
ނަމަވެސް ޖޭޕީގެ އެ ނިންމުމަށް އެ ޕާޓީގެ އިސް ބޭފުޅުން އަންނަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފާޑު ވިދާޅުވަމުންނެވެ. އެގޮތުން ޖޭޕީގެ އެ ނިންމުމާ އެ ޕާޓީގެ ރައީސް އަލީ ވަހީދު ވެސް ވަނީ ދެކޮޅު ހަދާފައެވެ.