Last Updated: November 30, 10:30
Saturday, November 30, 2024
ޚަބަރު

ވެރިކަން ހޯދަން، ވަޒީރުކަން ހޯދަން ގާސިމް ވަރެއް ނެތް: ނިހާނު

ވެރިކަން ހޯދުމަށާއި، ވަޒީރުކަން ހޯދުމަށް ގާސިމް ވަރެއް ނެތް ކަމަށާއި، އެކަން ހާސިލުވުމުން ގާސިމް އަކީ އެއްވެސް މީހެއް ކަމަށް ނަހަދާ މައްސަލަ ގައުމީ ފެންވަރުގައި ބަލަން ޖެހޭކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހަސަން މަނިކު ވިދާޅުވެެއްޖެއެވެ.

ޖުމްހުރީ ޕާޓީ އާއި އެކު އަންނަ މަޖްލިސް އިންތިހާބުގައި ޕީޕީއެމް ކޯލިޝަން ނިކުންނަން ނިންމި ފަހުން ނިހާނު ގެންދަވަނީ ގާސިމަށް ވަރަށް ބޮޑަށް ތައުރީފު ކުރަމުންނެވެ.

"ވެރިކަން ހޯދަން، ވަޒީރުކަން ހޯދަންވީމާ ގާސިމް ވަރެއް ނެތް، ހަމަ ލިބޭއިރަށް މިއިން އެކަކުވެސް ގާސިމް އިބްރާހިމްގެ މަތިން ހަނދާން ނެތޭ މައްސަލަ އެބަޖެހޭ ގައުމީ ފެންވަރުގައި ބަލަން" ނިހާނު ވިދާޅުވިއެވެ.

ނިހާނު މިފަދައިން ވިދާޅުވި އިރު 2013 ގެ އިންތިހާބު ރައީސް ޔާމީން ކާމިޔާބު ކުރެއްވީ ގާސިމްގެ އެހީ އާއި އެކުއެވެ. އެވެރިކަމަށް ގިނަ ދުވަސްތަކެއް ނުވެ ގާސިމް އެކަހެރިކޮށްލި އިރު ވެރިކަމުގެ ވަކި ހިސާބަކުން ރައީސް ޔާމީންގެ ސަރުކާރުން ގާސިމްގެ އެކައުންޓު ފްރީޒުކޮށް، ގާސިމް ހައްޔަރުކޮށް ދައުވާ އުފުލައި ޖަލަށް ހުކުމް ކުރިއެވެ. އޭރު ގާސިމަށް އެންމެ ބޮޑަށް ފާޑު ވިދާޅުވީ ނިހާނުއެވެ.