Last Updated: November 30, 10:44
Saturday, November 30, 2024
ޚަބަރު

މާލޭ މީހުން ޕިކްނިކު ދާނެ ރަށެއް ހަދާދޭނަން: ރައީސް

މާލޭގެ މީހުން ޕިކްނިކް ދާނެ ރަށެއް ވަރަށް އަވަހަށް ހަމަޖައްސަވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްްޖެއެވެ.

ގަލޮޅު އުތުރު ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވާ އީވާ އަބްދުﷲގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދުވަސްވަރުވެސް ރައްޔިތުން އެންމެ ބޮޑަށް އެދުނު އެއްކަމަކީ މާލެ ސަރަހައްދުން ޕިކްނިކް ދާނެ ތަނެއް ނެތުމުގެ ޝަކުވާ ކަމަށާއި އެކަން ވަރަށް އަވަހަށް ހައްލުކޮށްދެއްވާނެކަމަށެވެ

"އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ފުރިހަމަ ފެސިލިޓީސްތަކާއެކު މާލެއާ ވަރަށް ކައިރިން ދަތުރު ދާނެ ރަށެއް ވެސް ހަމަޖެހިގެން ދާނެ،"

ރައީސް ސޯލިހު ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮންތަނެއްކަން އެމަނިކުފާން ވިދާޅެއް ނުވެއެވެ.

މާލެ މީހުން މީގެ ކުރިން ޕިކްނިކް ގޮސް އުޅުނީ ކުޑަ ބަޑޮހަށެވެ. އަދި މިހާރު ކުޑަބަޑޮހަށް ޕިކްނިކު ނުދެވޭތީ ގިނަ ބަޔަކު ދަނީ މާލެ ސަރަހައްދުން ޕިކްނިކްދާނެ ތަނެއް ހެދުމަށް އެދެމުންނެވެ.