މިއަދުގެ ނިޔަލަށް ކުރިއަށް ގެންދާ ހެލްތު ޓްރަސްޓް ފަންޑަށް ފައިސާ ހޯދުމުގެ ގޮތުން އައްޑޫގައި ޑޯ ޓް ޑޯ ކެމްޕޭނެއް ފަށައިފިއެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ބޭއްވި ރަސްމިއްޔާތެއްގައި ފަންޑު ފޮށި ހުޅުވައި ދެއްވީ ކައުންސިލްގެ ސޯޝަން ސާވިސް ހިންގުމާއި ހަވާލުވެ ހުންނެނެވި މަރަދޫ ދާއިރާގެ ކައުންސިލަރު އަބްދުﷲ ޠޮއްޔިބް (ޓޮމް)އެވެ. ޓޮމް ވަނީ ފަންޑު ފޮށި ހުޅުވައިދިނުމުގެ ގޮތުން ފުރަތަމަ ފޮށްޓަށް ފައިސާ އަޅާފައެވެ.
މީޑިއާތަކުން ލައިވްކޮށް ގެނެސްދިން ހެލްތު ޓްރަސްޓް ފަންޑް ޝޯގައި ވާހަކަ ދައްކަވަމުން އެޗްއާރްއެޗް ހިންގެވުމާ ހަވާލުވެ ހުންނެވި ހަދީޖާ ހަފުސާ މިއަދު ވިދާޅުވީ އައްޑޫގެ ހުރިހާ ރަށެއްގެ ހުރިހާ ގެއަކަށް ދޮރުން ދޮރަށް ދާން ހަމަޖެހިފައިވާ ކަމަށެވެ. އަދި މިކަން މިރޭ 12:00 ހަމައަށް ކުރިއަށް ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އައްޑޫގެ ސިއްހީ ދާއިރާ އަށް ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެންމެ ބޮޑު ގޮންޖެހުންތަކަކީ ޑޮކްޓަރުން ނުލިބުމާއި ހިދުމަތްތައް ދޭން ބޭނުން ކުރާނެ އެކަށީގެންވާ އިކްޕްމަންޓްސް ނެތުމާއި ހުރި ގިނަ އިކްޕްމަންޓްތައް މަރާމާތު ވެސް ނުކުރެވި ހަލާކުވެފައި ހުރުން ފަދަ މައްސަލަތައް އެބަ ހުރި ކަމަށް ހަފުސާ ވިދާޅުވި އެވެ.