ކުއެންޓިން ޓެރަންޓީނޯގެ ނުވަ ވަނަ ފިލްމް ކަމުގައިވާ "ވަންސް އަޕޯން އަ ޓައިމް އިން ހޮލީވުޑް"ގެ ޓްރެއިލާ މިއަދު ނެރެފި އެވެ.
ޓްރެއިލާ އާންމުކޮށްފައި ވަނީ ފިލްމްގެ އެއް ލީޑް ކަމުގައިވާ ލިއޮނާޑޯ ޑިކެޕްރިއޯ އެވެ.
Experience a version of 1969 that could only happen #OnceUponATimeInHollywood – the 9th film from Quentin Tarantino. pic.twitter.com/AuNpgTMUmE
— Leonardo DiCaprio (@LeoDiCaprio) March 20, 2019
މިއީ 2015 ވަނަ އަހަރު ރިލީޒްކުރި "ދަ ރެވްނެންޓް" އަށްފަހު ޑިކެޕްރިއޯ ކުޅޭ ފުރަތަމަ ފިލްމެވެ. އަދި މިއީ ޑިކެޕްރިއޯ އާއި ޓެރަންޓީނޯ އެކުގައި މަސައްކަތްކުރާ ދެވަނަ ފިލްމެވެ. މީގެ ކުރިން ޓެރަންޓީނޯ ވަނީ "ޖެންގޯ އަންޗެއިންޑް" ގައިވެސް ޑިކެޕްރިއޯ ޑައިރެކްޓްކޮށްފަ އެވެ.
"ވަންސް އަޕޯން އަ ޓައިމް އިން ހޮލީވުޑް"ގައި ބްރެޑް ޕިޓް އާއި މާގޯ ރޮބީގެ އިތުރުން ސަޕޯޓިންގ ރޯލްތަކުން ގިނަ އަދަދެއްގެ މަޝްހޫރު އެކްޓަރުން ފެނިގެންދާނެ އެވެ. މި ފިލްމަކީ 1960ގެ އަހަރުތަކުގެ ހޮލީވުޑްގައި ސެޓްކޮށްފައިވާ ފިލްމެވެ.
މި ފިލްމްގައި ޑިކެޕްރިއޯ އަދާކުރާނީ ފޭދިފައިވާ ޓީވީ އެކްޓަރެއް (ރިކް ޑެލްޓަން)ގެ ރޯލް ކަމުގައިވާއިރު، ޕިޓް ކުޅޭނީ އޭނާގެ ސްޓަންޓް ޑަބަލް (ކްލިފް ބޫތު)ގެ ރޯލެވެ.
މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ޖުލައި މަހުގެ ތެރޭގައެވެ.