Last Updated: April 20, 06:46
Sunday, April 20, 2025
މުނިފޫހިފިލުވުން

"ޖޯން ވިކް 3: ޕެރަބެލަމް"ގެ ޓްރެއިލާ ދައްކާލައިފި

"ޖޯން ވިކް" ފިލްމް ސީރީސްގެ އެންމެ ފަހު ބައިގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަލަށް ނެރުނު ޖޯން ވިކް: ޗެޕްޓަރ 3: ޕެރަބެލަމް"ގެ ޓްރެއިލާ މިރޭ ނެރެފައިވާއިރު، ފިލްމްގެ ޕޯސްޓަރުތައް ވަނީ މި ހަފްތާގެ ކުރީކޮޅު ނެރެފައެވެ. އެ ޕޯސްޓަރުތަކުން ފިލްމުން އަލަށް ފެންނާނެ ތަރިން ކަމުގައިވާ ހެލީ ބެރީ އާއި ޖޭސަން މަންޒުކާސް އަދި އެންޖެލިކާ ހަސްޓަންގެ ކެރެކްޓާތައް ވަނީ ތަޢާރަފްވެފަ އެވެ.

މި ފިލްމް ޑައިރެކްޓްކޮށްފައި ވަނީ ޗެޑް ސްޓަހެލްސީ ކަމުގައިވާއިރު، ފިލްމް ލިޔެފައި ވަނީ ޑެރެކް ކޯލްސްޓެޑް އެވެ. މި ފިލްމްގެ ޓައިޓަލް ރޯލުން ފެނިގެންދާނީ ކުރިން ދެ ފިލްމުގައި ވެސް ލީޑް ރޯލް ކުޅުނު ކިއާނޫ ރީވްސް އެވެ.

"ޖޯން ވިކް: ޗެޕްޓަރ 3 – ޕެރަބެލަމް" ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ އަންނަ މެއި މަހުގެ 17 ވަނަ ދުވަހު އެވެ.