ފިލްމް "މަރްދާނީ" އިން މޮޅު ހުނަރުތަކެއް ދައްކާފައިވާ ރާނީ މުކަރްޖީ އެ ފިލްމުގެ ދެވަނަ އިންސްޓޯލްމަންޓް ކަމަށްވާ "މަރްދާނީ2"އަށް ތައްޔާރުވާން ފަށައިފިއެވެ.
މި ހިނގާ މާޗްމަހުގެ 21 ވަނަ ދުވަހު 41 އަހަރު ފުރިފައިވާ ރާނީ މުކަރްޖީ މާގިނަ ފިލްމްތަކަށް ސޮއި ކުރުމަކަށް ބޭނުން ނުވެއެވެ. އޭނާ އަބަދުވެސް ބޭނުންވަނީ މަދުން ކުޅެގެން ނަމަވެސް ރަނގަޅު ފިލްމުތަކެއް ބެލުންތެރިންނާއި ހަމަޔަށް ގެނައުމަށެވެ. މިވަގުތު އޭނާ އެންމެ މުހިއްމު ކަމެއް ދެނީ އޭނާގެ ދަރިފުޅަށް މަންމައެއްގެ ރޯލު އަދާކުރުމަށެވެ.
2018 ވަނަ އަހަރު އޭނާ ފެނިގެން ގޮސްފައިވަނީ ފިލްމް" ހިޗްކީ" އިންނެވެ. އެއީ އެންމެ ފަހުގެ މަސައްކަތް ކަމަށްވިޔަސް މިހާރު އޭނާވަނީ 2014ވަނަ އަހަރު ބިރުކުޑަ ޕޮލިހެއް ކަމަށްވާ ޝިވާނީ ޝިވާޖީ ރޯއީގެ ރޯލުން އެނބުރި އަންނަން ތައްޔާރުވަމުންނެވެ.
"މަރްދާނީ" ޑައިރެކްޓް ކޮށްފައިވަނީ ޕްރަދީޕް ސަރުކާރެވެ. މި ފިލްމްވެސް ޑައިރެކްޓް ކުރުމަށް ހަމަޖެހިފައިވަނީ ފިލްމުގެ ރައިޓަރ ގޯޕީ ޕުތްރަންއެވެ. ފިލްމުގެ މަސައްކަތް މި އަހަރު ފެށުމަށް ހަމަޖެހިފައިވާ އިރު ފިލްމް ރިލީޒް ކުރެވޭނެ ކަމަށް ބެލެވެނީ 2020ވަނަ އަހަރުއެވެ.