އިންޑޮނޭޝިއާއަށް މިއަދު ހެނދުނު ރާއްޖެ ގަޑިން 9:37ގައި 6.6 މެގްނެޓިއުޑުގެ ބިންހެލުމެއް ވަނީ އައިސްފައެވެ.
މި ބިންހެލުމުގެ އަސަރެއް ރާއްޖެއަށް ނުކުރާނެ ކަމަށް ރާއްޖޭގެ މޫސުމާއިބެހޭ ގައުމީ އިދާރާ(މެޓް އޮފީސް) އިން ވަނީ ބުނެފައެވެ.
— Maldives Meteorology (@MetMaldives) March 24, 2019
މިއަދު ހެނދުނު ރާއްޖެ ގަޑިން 8:37 ގައި ރާއްޖެއާއި 971.8 ކިލޯމީޓަރު ކައިރިއަށް ވެސް ބިންހެލުމެއް އައެއްވެ. މި ބިންހެލުމުގެ އަސަރުވެސް ރާއްޖެއަށް ކުރާނެކަމަށް ނުބެލެވޭކަމަށް މެޓުން ވަނީ ބުނެފައެވެ.
މި ބިންހެލުމުގެ ސަބަބުން އެއްވެސް ސުނާމީގެ އިންޒާރެއް ދެވިފައިވާ ކަމަކަށް މައުލޫމާތެއް ނުލިބެއެވެ. އަދި ބިންހެލުމުގެ ސަބަބުން އިންޑޮނޭޝިއާއަށް އެއްވެސް ގެއްލުމެއް ލިބިފައިވާ ކަމުގެ މައުލޫމާތުވެސް އަދި ލިބިފައެއް ނުވެއެވެ.