ސ. މީދޫ އާއި އެއް ފަޅެއްގައި އޮންނަ އިސްމެހެލާ ހެރަގައި ހަދަމުން އަންނަ ސައުތުޕާމް ރިސޯޓަށް މުވައްޒަފުން ހޯދުމަށް އިއްލާންކޮށްފިއެވެ.
ސައުތު ޕާމް ރިސޯޓުން ވަނީ މުވައްޒަފުން ނެގުމަށް އައްޑޫ އަދި ފުވައްމުލަކުގައި އޮޕަންޑޭ ބާއްވަން ނިންމާފައެވެ. އެގޮތުން ހުޅުމީދޫ އަތޮޅުމަދަރަސާގައި މިމަހުގެ 29 ވަނަ ދުވަހު ހެނދުނު 9 އިން ހަވީރު 5 އަށް އަދި 30 ވަނަ ދުވަހު ހެނދުނު 9 އިން ފެށިގެން ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ބާއްވަން ވަނީ ނިންމާފައެވެ.
މީގެ އިތުރުން އެޕްރީލް 1 ވަނަ ދުވަހު ފުވައްމުލަކު ޔޫތު ސެންޓަރުގައި އޮޕަންޑޭ ބާއްވާއިރު ވަޒީފާ އާއި ގުޅޭ މައުލޫމާތު ދިނުމާއި އިންޓަވިއު ކުރުން 2 އެޕްރީލް ވަނަ ދުވަހު ސައުތު ޕާމްގެ ފޭދޫ އޮފީހުގައި އޮންނާނެއެވެ.
އިސްމެހެލާ ހެރަ އަކީ 2017 ވަނަ އަހަރު މެދު ތެރޭގައި ހަދަން ފެށި ރިސޯޓެކެވެ. މި ރިސޯޓުގެ ފުރަތަމަ ފިޔަވަހީގައި ހަތަރު ތަރީގެ 130 ވިލާ ވަނީ ހަދާފައެވެ. އަދި ދެވަނަ ފޭސްގައި ފަސްތަރީގެ 110 ވިލާ ނިންމުމަށް ވަނީ ހަމަޖެހިފައެވެ.