ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ މަޖިލިސް ތަޅުމުގައި ލަދެއް ހަޔާތެއް ނެތި ވާހަކަ ދެކެވިގެން ނުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވެފައިވަނީ މަޖިލިސް އިންތިޚާބުގެ ބަހުސްގައި މަޖިލިސް މެމްބަރުންގެ އަޚުލާގާ ގުޅޭގޮތުން ކެންޑިޑޭޓުންނާ ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ލަދެއް ހަޔާތެއް ނެތި ފައިސާ ގޯނި އުފުލާ ވާހަކައާއި ނެތި ނުބައި މޮށުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މެމްބަރުންނަކީ ޕާޓީ ބަދަލުކޮށް ވޯޓު ވިއްކާ މެމްބަރުންނަށް ވެގެން ނުވާނެ ކަމަށާއި މެމްބަރުންނަކީ މާލީ ބަޔާން ހާމަކުރާ ބަޔަކަށް ވާން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެއެވެ.