Last Updated: November 25, 22:26
Monday, November 25, 2024
ޚަބަރު

ނިޒާމް ބަދަލުކުރާ ވާހަކަ ދައްކަނީ ސީދާ އަމިއްލަ މަސްލަހަތަށްޓަކައި: ޝެއިޚް ޒައިދު

އައްޝައިހް އަލީ ޒައިދު

ދިވެހިރާއްޖޭގައި އޮންނަންވާނީ ރިޔާސީ ނިޒާމެއް ކަމަށް ރައްޔިތުން ނިންމާފައިވަނިކޮށް، ނިޒާމް ބަދަލުކުރާ ވާހަކަ ދައްކަނީ ސީދާ އަމިއްލަ މަސްލަހަތަށްޓަކައި ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓްގައި ޝެއިޚް ޒައިދު ވިދާޅުވީ ރައްޔިތުން ހޮވާފައިވަނީ އިބްރާހީމް މުހައްމަދު ސޯލިހް ކަމަށެވެ.

"ދިވެހިރާއްޖޭގެ އޮންނަންވާނީ ރިޔާސީ ނިޒާމެއް ކަމަށް، ރައްޔިތުން ނިންމާފައިވަނިކޮށް، އެ ނިންމުމަށް އިހްތިރާމް ނުކޮށް، ވަރަށް ހީލަތްތެރިކަމާއެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ދައުރު ފެށޭއިރަށް ނިޒާމް ބަދަލުކުރާ ވާހަކަ ދައްކަނީ ސީދާ އަމިއްލަ މަސްލަޙަތަށްޓަކައި!އަމިއްލަ އެޖެންޑާއަށްޓަކައި!ރައްޔިތުން ހޮވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް." ޝެއިޚް ޒައިދު ވިދާޅުވިއެވެ.

ޝެއިޚް ޒައިދު މިހެން ވިދާޅުވީ ޕީއެސްއެމުން ނެގެސްދޭ "މަޖިލިސް ބަހުސް 2019" ގައި ބައިވެރިވެ ވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމަށް އަލުން ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ.