ނިޒާމް ބަދަލުކުރުމަށް މަސައްކަތް ކުރުމުގެ ފަހަތުގައި ވަނީ ކޮންކަހަލަ ބޭނުމެއްތޯ ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް، ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އިލްޔާސް ޙުސައިން ސުވާލު އަމާޒު ކުރައްވައިފިއެވެ.
ޝެއިޚް އިލްޔާސް މިހެން ސުވާލު ކުރައްވާފައި މިވަނީ ޕީއެސްއެމުން ނެގެސްދޭ "މަޖިލިސް ބަހުސް 2019" ގައި ބައިވެރިވެ ވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމަށް އަލުން ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭކަމަށް ވިދާޅުވުމާއި ގުޅިގެން މިއަދު ކުރެއްވި ޓްވީޓެެއްގައެވެ.
Rayyithun beynunvaa nizamakee riyaasee nizamukan rayyithun nimmavaafaivanikoh a nizaamu badhalukurumah masakkah kurumuge fahathugai vanee kon kahala beynumethoa? mikama medhu rayyithunna visnavanjehey olhuvaalaigen kankan kuran ulhumakee balaiganeveyne kameh noon
— Ilyas Hussain (@shkilyas) March 27, 2019
"ރައްޔިތުން ބޭނުންވާ ނިޒާމަކީ ރިޔާސީ ނިޒާމުކަން ރައްޔިތުން ނިންމަވާފައިވަނިކޮށް އެ ނިޒާމް ބަދަލުކުރުމަށް މަސައްކަތް ކުރުމުގެ ފަހަތުގައި ވަނީ ކޮންކަހަލަ ބޭނުމެއްތޯ؟މިކަމާއިމެދު ރައްޔިތުންނަށް ވިސްނަވަންޖެހޭ. އޮޅުވާލައިގެން ކަންކަން ކުރަން އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން." ޝެއިޚް އިލްޔާސް ވިދާޅުވިއެވެ.
ރައީސް ނަޝީދު އެހެން ވިދާޅުވުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ވެސް ގިނަަ ބައެއްގެ ފާޑުކިޔުންތައް އެ ބޭފުޅާއަށް ވަނީ އަމާޒުވެފައެވެ.
ދިވެހިރާއްޖޭގައި އޮންނަންވާނީ ރިޔާސީ ނިޒާމެއް ކަމަށް ރައްޔިތުން ނިންމާފައިވަނިކޮށް، ނިޒާމް ބަދަލުކުރާ ވާހަކަ ދައްކަނީ ސީދާ އަމިއްލަ މަސްލަހަތަށްޓަކައި ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވެސް މިއަދު ވިދާޅުވެފައެވެ.