އެމްޑީޕީގެ އައްޑޫ ދާއިރާގެ ކެމްޕެއިން އެކްޝަން ޕްލޭން މިއަދު އެކުލަވާލައިފި އެވެ.
އެމްޑީޕީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ކުރިއަށް އޮތް ރިއާސީ އިންތިހާބުގައި ރައީސް ނަޝީދުގެ ކެމްޕެއިން ކުރުމަށް އެޕާޓީގެ އައްޑޫ ދާއިރާއިން ކުރިއަށްދާނެ އެކްޝަން ޕްލޭނެއް މިއަދު ދާއިރާތަކުގެ ކެމްޕެއިން މެނޭޖަރުންނާއި އެމްޑީޕީގެ ކެމްޕެއިންގައި ހަރަކާތްތެރިވާ ފަރާތަކުން އެކުލާލާފައިވާ ކަމަށެވެ.
ހިތަދޫ ސްކޫލްގައި މިއަދު މެންދުރު 2:00 ޖެހި އިރު ފެށި ބައްދަލުވުމުގައި އެކި ދާއިރާތަކުގައި ކެމްޕެއިން ކުރިއަށް ގެންދާނެ ގޮތްތައް ވަނީ ކަނޑައަޅާފައެވެ. އަދި އެގޮތުން ހަރަކާތްތައް ހިންގާނެ ދުވަސްތަކާއި އެކަމުގައި އިސްވެ ހަރަކާތްތަކުރާނެ ފަރާތްތައް ވަނީ އެކުލަވާލާފަ އެވެ.
އޮފިޝަލް ވިދާޅުވީ އެމްޑީޕީ އައްޑު ދާއިރާގެ ރައީސް އާއި ދާއިރާތަކުގެ މަޖިލިސް މެމްބަރުން ހިމެނޭ ގޮތަށް އެކުލަވާލި ކެމްޕެއިން ޕްލޭން އެކުލަވާލުމުގައި އައްޑޫގެ ހުރިހާ ދާއިރާތަކުން 80 އަށް ވުރެ ގިނަ ފަރާތަކުން ބައިވެރިވެފައިވާ ކަމަށެވެ.