ސ. ގަން އިންޓަނެޝަަނަލް އެއާޕޯޓް ޕްރޮމޯޓްކޮށް އެތަން އިޝްތިހާރުކޮށް މާކެޓް ކުރުމުގެ މަސައްކަތް ކުރާނެ އެޑްވަޓައިޒިން އެޖެންސީއެއްް ހޯދުމަށް ބީލަމަށް ލައިފި އެވެ.
އެ އެއާޕޯޓް ހިންގާ އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް (އޭއައިއޭ) އިން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މިހާރު ފުރުސަތު ހުުޅުވާލާފައިވާ އިރު އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހާ ހަމައަށް ހުޅުވާލެވިފައިވާ ކަމަށެވެ.
އަދި މިކަމާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ޕްރީބި ބިޑް މީޓިން މި މަހުގެ 11 ވަނަ ދުވަހު މާލޭގައި ހުންނަ އެސްޓީއޯގެ ހެޑް އޮފީހުގައި އޮންނާނެ ކަމަށް ވެސް އޭއައިއޭ އިން ބުންޏެވެ.
އެ ކުންފުނިން ބުނީ ގަން އެއާޕޯޓްގެ ޕްރޮމޯޓް ކުރަން ހޮވާ އެޑްވަޓައިޒިން އެޖެންސީ އާ އެކު އެ ކުންފުނން ފަަސް އަހަރުގެ އެގްރިމަންޓެއް ހަދާނެ ކަމަަށެވެ. އަދި އެ އެޖެންސީގެ ޕާފޯމަންސަަށް ބަލާފައި މުއްދަތު އިތުރު ކުރުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް އޭއައިއޭ އިން ބުނެ އެވެ.
ޝަންގްރިއްލާ ވިލިގިލި ރިސޯޓާ ގުޅިގެން އެއާޕޯޓްގެ ވީވިއައިޕީ ލައުންޖް ހިންގަމުން އަންނަ އިރު، އެ އެއާޕޯޓް ކުރުމަށް ޝަންގްރިއްލާ އިން ވެސް މަސައްކަތް ކުރެ އެވެ. އެގޮތުން ޝަންގްރިއްލާގެ ޕްރޮމޯޝަނަލް ކިޓްތަކުގައި ގަން އެއާޕޯޓާ ބެހޭ މައުލޫމާތު ވެސް ހިމަނާފައި ހުރެ އެވެ.