ދީނުގައި ކަމެއް އޮންނަގޮތް ބުނެދިނުމުން އެއަށް ފުރަގަސްދިނުމަކީ ޗ ކަމަށާއި އަދި އެއީ މަގުފުރެދުމެއް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.
ޝެއިޚް މިހެން ވިދާޅުވެފައިވަނީ އެ ބޭފުޅާގެ ރަސްމީ ޓްވީޓާ މެދުވެރިކޮށް ކުރެއްވި ޓްވީޓެއްގައެވެ.
Dheenugai kameh onnagoi bunedhinumun iyah furagas dhinumakee havaa nafusah thabaavun adhi magufuredhumeh
Dheeneegothun a e hudhdha kameh thoa nuvatha noonthoa belumakee lazimukameh enooniyya ekameh kamiyaabu nuvane visnavalavva pic.twitter.com/xYaJStPoVO— Ilyas Hussain (@shkilyas) March 29, 2019
" ދީނުގައި ކަމެއް އޮންނަގޮތް ބުނެދިނުމުން އެއަށް ފުރަގަސްދިނުމަކީ ހަވާނަފްސަށް ތަބާވުން އަދި މަގުފުރެދުމެއް. ދީނީގޮތުން އެއީ ހުއްދަކަމެއްތޯ ނުވަތަ ނޫންތޯ ބެލުމަކީ ލާޒިމުކަމެއް. އެނޫނިއްޔާ އެކަމެއް ކާމިޔާބު ނުވާނެ. ވިސްނަވާލައްވާ." ޝެއިޚް އިލްޔާސް ވިދާޅުވިއެވެ.
މިކަމަށް އިޝާރާތްކުރައްވާ ޝެއިޚް އިލްޔާސްގެ ޓްވީޓްގައި ވަނީ ކީރިތި ޤުރުޢާނުގެ އާޔަތަކާއި އޭގެ މާނަވެސް ހިމަނުއްވާފައެވެ. އެ އާޔަތުގެ މާނައިގާ ވަނީ "ފަހެ އެއުރެން ކަލޭގެފާނަށް އިޖާބަ ނުދިންނަމަ (އެބަހީ: ކަލޭގެފާނު އެއުރެންގެ ކިބައިން އެދިވަޑައިގެންނެވި ކަންތައް، އެއުރެންނަށް ނުކުރެވިއްޖެނަމަ) ފަހެ، ދެނެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އެއުރެން އެތަބާވަނީ، ހަމައެކަނި އެއުރެންގެ (ނުބައި) އެދުންތަކަށެވެ. އަދި ﷲގެ ހަޟުރަތުން ތެދުމަގަކާއިނުލައި، އެމީހެއްގެ އަމިއްލަ އެދުމަށް ތަބާވީމީހަކަށްވުރެ މަގުފުރެދުންބޮޑީ ކާކުހެއްޔެވެ؟ ހަމަކަށަވަރުން، އަނިޔާވެރި ބަޔަކަށް ﷲ ތެދުމަގެއްނުދައްކަވާނެތެވެ." މިފަދައިންނެވެ.