Last Updated: November 23, 21:29
Saturday, November 23, 2024
ޚަބަރު

އިދިކޮޅަށް މެޖޯރިޓީ ދީފިނަމަ ކުރާނީ ވައްކަން: އަފީފު

ހަސަން އަފީފު

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު ފަރާތްތަކަށް ދިނުމުން ކުރާނީ ވައްކަން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވިލުފުށީ ދާއިރާއަށް އެމްޑީޕީގެ ޓިިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓް، ހަސަން އަފީފް ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު ވިލުފުށީގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން އަފީފް ވިދާޅުވި ގޮތުގައި އެމްޑީޕީގެ އެޖެންޑާ 19 ކުރިއަށް ގެންދެވެން މި އަންނަނީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހެއް ލިބިގެން ކަމަށެވެ.

"އަޅުގަނޑުމެން ކުރަމުން މިދާ މަސައްކަތަކީ ރައީސް އިބްރާހިމް މުހައްމަދު ޞޯލިހު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމުގެ މަސައްކަތް. އެ ވައުދުތައް ފުއްދޭނީ އެޖެންޑާ 19 އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވިގެން. އެމްޑީޕީގެ އެޖެންޑާ 19 ކުރިއަށް ގެންދެވެން މި އަންނަނީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހެއް ލިބިގެން" އަފީފް ވިދާޅުވިއެވެ.

އަދި އިދިކޮޅަށް މީގެ ކުރިން މަޖިލީހުގެ މެޖޯރިޓީ ދިނުމުން ފެށީ ވައްކަން ކުރަން ކަމުގައި ވެސް އަފީފް ވިދާޅުވިއެވެ.

"މީގެ ކުރިން އިދިކޮޅު ފަރާތްތަކަށް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ދިނީމާ ފެށީ ވައްކަން. ދެންވެސް ފަށާނީ ވައްކަން" އަފީފް ވިދާޅުވިއެވެ.

އަފީފް ވަނީ އެޖެންޑާ 19 ހަޤީޤަތަކަށް ހެދުމަށް ވިލުފުށީ ދާއިރާގެ ރައްޔިތުންގެ ވޯޓު މަޖިލިސް އިންތިހާބުގައި އޭނާއަށް ދިނުމަށް ރައްޔިތުންގެ ކިބައިން އެދިފައެވެ.