Last Updated: November 25, 22:26
Monday, November 25, 2024
ޚަބަރު

ކޮންމެ މީހަކު ވެރިކަމުގައި ހުރިނަމަވެސް ހައްގުބަސް ބުނުމަކީ ކުރަންޖެހޭ ކަމެއް: ޑރ. އިޔާޒް

ޑރ. މުހައްމަދު އިޔާޒް

ހައްގުބަސް ބުނުމަކީ ވަކި ވެރިކަމެއްގައި އެކަނި ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި އެކަމަކީ ކޮންމެ މީހަކު ވެރިކަމުގައި ހުރި ނަމަވެސް ކުރަންޖެހޭ ކަމެއް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

އެ ބޭފުޅާ މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

" ހައްގުބަސް ބުނުމަކީ ވަކި ވެރިކަމެއްގައި އެކަނި ކުރަންޖެހޭ ކަމެއް ނޫނެވެ. ކޮންމެ މީހަކު ވެރިކަމުގައި ހުރި ނަމަވެސް ކުރަންޖެހޭ ކަމެކެވެ. ރުޅި އަންނަ ބަޔަކު ރުޅި އައިސް އައިސް ތިބޭށެވެ. ރުޅިވެރިކަމުގެ މަތީގައި މަރުވާށެވެ. ހަމަކަށަވަރުން ހިތްތަކުގައިވާ އެެއްޗެއް ﷲ ދެނެވޮޑިގެންވެއެވެ." ޑރ. އިޔާޒް ވިދާޅުވިއެވެ.

ހައްގުބަސް ބުނުމަކީ ކޮންމެ މީހަކުވެސް ކުރަންޖެހޭނެ ކަމެކެވެ. އެހެން ނަމަވެސް ހިތާމައަކީ މިއަދު އަޅުގަނޑުމެންގެ މި މުޖުތަމައުގައި ހައްގުބަސް ބުނާމީހާއާއި ދެކޮޅަށް ބަސްބުނާ މީހުން ގިނަކަމެވެ. ރަނގަޅު ވާހަކަ ދައްކާ މީހާގެ އަޑު ކަނޑުވާލުމަށް ކެނޑިނޭޅި މަސައްކަތް ކުރެވެއެވެ.