Last Updated: November 24, 17:05
Sunday, November 24, 2024
މުނިފޫހިފިލުވުން

ލޯބިވެރިޔާގެ މައާފް

(ޖޫން 9، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

އަހަރެންނަކީ ވާހަކަ ލިޔާ ކުއްޖެކީމެވެ. މިއީ އަހަރެންގެ އެއް ހޮބީ އެވެ. މިފަހަރު މާލެ ދިޔަ އިރު ދިވެހި ރާއްޖޭގެ އަޑުގެ މީހަކާ ދިމާވި އެވެ. އަހަރެމެން ދެމީހުން ބައްދަލުވި ގޮތެއް މިހާރަކު މާ ބޮޑަކަށް ހަނދާނެއް ނެތެވެ. އެކަމަކު އެ ދުވަހު ދެ މީހުން އެއްބަސް ވެގުން އަހަރެން ލިޔެފައިވާ ވާހަކައެއް އޯޑިޔޯކޮށް ސީޑީއެއް ހަދަން އޭނާ އާ ހަވާލު ކުރީމެވެ.
އެއީ ފުދޭވަރެއްގެ ބުރަ މަސައްކަތެކެވެ. އަހަރެން މާލެ އިން އައުމަށް ފަހު ފޯނު ނަމްބަރު ބަދަލު ކުރީމެވެ. އޭރު ހުރިހާ ނަމްބަރެއް ޑިލީޓް ވިއެވެ. ވަރަށް ދެރަވެފައި އަހަރެންގެ ސީޑީ ހަދަން ދިން ކުއް ޖާއަށް ފޭސްބުކް މެދުވެރިކޮށް މެސެޖް ކުރީމެވެ.
އަހަރެންގެ ނަންބަރު ފޮނުވުމަށް ފަހު މި ނަމްބަރަށް ގުޅާށޭ ލިޔެލީމެވެ. އެކަމަކު އެތައް ދުވަހެއް ވީ އިރު ވެސް އޭނައެއް ނުގުޅި އެވެ.

ދެން އެއް ދުވަހު ފޭސް ބުކް އިން މެސެޖް އެ ކުއްޖާގެ ފަރާތުން އަންނަނީ ތިމަންނަ ގުޅަންވީ ކިހާ އިރަކު ހޭ އަހާފަ އެވެ. އަހަރެން ހަމަ ވަގުތުން މިހާރު ގުޅާށޭ ބުނެ ޖަހާބު ދިނީމެވެ. އެކަމަކު އޭ އީ އޮކްޓޯބަރު 22، 2012 އެވެ. އޭގެ ފަހުން ވެސް މި ކުއްޖެއްގެ ހަބަރެއް ނުވި އެވެ.

ދެން އަހަރެން އަޅާނުލީމެވެ. ސަބަބަކީ އަހަރެންގެ ބިޒީ ޝެޑިއުލް މި ކަމަށް ތަން ނުދެނީ އެވެ. އަހަރެން ބޮޑު ސެމިނާރަކަށް ތައްޔާރު ވަނީ އެވެ. އެހެެންވެ ފޭސްބުކް އާއި ނޫހުގަ އަހަރެންގެ ނަމްބަރު އެޑްވަޓައިޒްކޮށްލީމެވެ. ތަފާތު ނޫސް މެދުވެރިކޮށް އަހަރެންގެ ސެމިނާގެ ވާހަކަ ދައްކާލީމެވެ.

މި ދުވަސްވަރު ވެސް އަހަރެން މިސްބާހް އާ އަހަރެން އޮފީސްކަންތަކުގައި ވަރަށް ބައްދަލު ކުރަމެވެ. އެތަނުން ދުވަހެކެވެ.

"މިސްބާހް އަަހަރެން އެބަ ޖެހޭ އޮފީހަކަށް ލާރި ދައްކަން ދާން. ހިނގާބަލަ މަށާ އެކު ދާން. އަސްލު އަހަރެންނަށް މާ ރަނގަޅަކަށް އެތަނެއް ނޭނގޭ. އޭނަ ބުނި އެތަނަކީ އޭނާގެ ގޭގަ ހުރި ތަނެކޯ. ތީނަ އާ އެކު ކާރުގަ ގޮއްސަ މަސައްކަތް ނިންމާފަ އަވަހަށް އާދެވިދާނެ."

"ކޮން ގެއެކޯ؟" މިސްބާހު އެހި އެވެ.

"އަބަރަނަގެ." އަހަރެން ބުނީމެވެ.

"ކީކޭ މަށެއް ނުދާނަން ތިގެއަކަށް ރާނިޔާ ގޮވައިގެން." ކުއްލިއަކަށް މިސްހާބު ބުންޏެވެ.

"އެ ކީއްވެޔޯ؟" މިސްބާހުގެ މި ވާހަކައަށް އަހަރެން ވަރަށް ހައިރާންވި އެވެ.

"އެއީ…އެއީ…ރިޔާސްމެންގެ ގެ. އޮފީސް ލާރި ދައްކަންޖެހުނީ ރިޔާސްގެ ވައިފް އަށް. އެއީ ތިޔަ ވިޔަފާރީގަ ބޮޑު މީހަކީ."

މިސްބާހްގެ ދުލުން މި ބުނި ޖުމްލައަށް އަހަރެން ފެންކަޅިވި އެވެ. ވަގުތުން މޫނުގައި އަތް އަޅާލެވުނެވެ.

"މިސްބާހް ހަމަ ވަގުތުން އަހަރެން ގެޔަށް ގެންދީ."

އަހަރެންގެ ހިތުން އޭނާގެ ހަނދާންތައް އެއްކޮށް ފޮހެލާނަމެވެ. ނޫނީ އަހަރެން ވަނީ ފޮހެލާފަ އެވެ. ދުވަހަކު ވެސް ވާހަކަ ނުދައްކާނަމެވެ. ފެނުނަސް ނުވެސް ބަލާނަމެވެ. މި އަޒުމުގައި އަހަރެން ވަރަށް ވަރުގަދަ އެވެ. އެކަމަކު ހަޔާތުގެ މިވަގުތު މިކަމުން އަހަރެންނަށް އުނދަގޫ ވަނީ ކީއްވެބާވަ އެވެ؟ އަހަރެންގެ ކޮންމެ މަންޒިލެއްގައި އޭނާގެ ނިޝާން ވަނީ ކީއްވެބާ އެވެ؟

އޮކްޓޯބަރު 30، 2012 ވަނަ ދުވަހެވެ. އަހަރެން ވަރަށް ބުރަކޮށް މަސައްކަތެއްގެ ބޭރުގައި އުޅެނިކޮށް ފޯނު ރިންގުވާން ފެށި އެވެ. އަހަރެން ޖަވާބު ދިނީމެވެ. ސައިކަލުން ފައިބާފައި ރަނގަޅަށް ބަލާލީމެވެ. ދަންނަ ނަމްބަރެއް ނޫނެވެ.

"ގުޅާށޭ ބުނެފަ އޮތީމަ މި ގުޅީ."

"ތީކާކު؟ ވެދާނެ ކްލާސް ގަޑި ހަމަޖައްސަން އޮފީސް ކުދިން ގުޅީ ކަމަށް އަހަރެން އޮފީހަށް ގޮސް ގުޅާލަފާނަން." އިތުރު ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި އަހަރެން ފޯނު ކަނޑާލީމެވެ. އެއީ އަހަރެންގެ އާދަ އެވެ. ނުދަންނަ މިހުންނާ ވާހަކަ ދައްކާކަށް އަހަރެން ބޭނުމެއް ނުވެ އެވެ.

އޮފީހަށް ވަދެވުމާ އެކު އަހަރެން ވިސާމާ އަތަށް ފޯނު ދިނީމެވެ. އަދި ފޯނު އައި ވާހަކަ ބުނެ މި ނަމްބަރަށް ގުޅާން ބުނީމެވެ. މިހެން ބުނެފަ އަހަރެން އިތުރު މަސައްކަތަކާ ހަވާލުވީ އެވެ.

"މީ…މެޑަމް އާއި ވާހަކަ ދައްކާށޯ ބުނީ." ވިސާމާ މިހެން ބުނުމުން އަހަރެން ފޯނު ހޯދާފައި ސަލާން ގޮވާލީމެވެ.

"އައްސަލާމް އަލއިކުމް."

"މީ…މީ ހަސަން."

"ހަސަން އޭ…ކޮން ހަސަން އެއް..؟" އަހަރެން ރުންކުރު ރާގަކަށް ވާހަކަ ދެއްކީމެވެ.

"މީ ކްރެސްޓް ގޭ ހަސަން ރިޔާސް." އޭނާ މިހެން ބުނުމާ އެކު އަހަރެން ގަނޑުވި ކަހަލަ އެވެ. ނުބައި ވައްތަރަކަށް ފޯނު އަހަރެންގެ އަތުން ވެއްޓެން އުޅުނެވެ. ވިސާމާ ވެސް ހައިރާންވެފައި އަހަރެންނަށް ބަލަން އިނެވެ.

"ކިހިނެއްތަ ހާލު؟" އޭނާ ސުވާލު ކުރި އެވެ.

"އަހަރެން…އަހަރެން…. ރަނގަޅު… " އަހަރެންގެ އަޑު ތުރުރުތު އަޅަމުން ދިޔައެވެ. އަހަރެން ކެބިންގެ ދޮރު ލައްޕާލީމެވެ.

"މިހާރު އެނގިއްޖެދޯ މީ ކާކުކަން. މަށަށް ފޭސްބުކްް އިން މެސެޖްކޮށްފަ ގުޅާށޭ ބުނީމަ މި ގުޅީ."

"މަ…ބުނީ…. ކޮން އިރަކު؟" "އަހަރެންގެ ހައިރާންކަން އިންތިހާ އަށް ދިޔައެވެ. ހަރެން ވަގުތުން ފޭސްބުކް ހުޅުވާލީމެވެ.

"ނެތްތަ ފިޔާޒާ، ހަސަން ރިޔާސް އަށް މެއިލް ކޮށްފަ؟"

ދޮގެއްވާ ނޫނެވެ. މިއޮތީ އެވެ. އެއީ ކޮންފަދަ ބޮޑު އޮޅުމެއް ހެއްޔެވެ؟

"އަސްލު ވީގޮތަކީ އަހަރެންގެ ސީޑީ ވެސް ހަވާލުކޮށްފަ އޮތީ ރިޔާސްއަކަށް. އެކަމަކު ތިޔައީ އެ ރިޔާސް ކަމެއް ނޭނގި މެސެޖް ކުރެވުނީ ސޮރީ." އަހަރެންވީ ގޮތް ކިޔައި ދީފީމެވެ.

"އަހަރެންނަށް އެނގޭ މިއީ އިއްތިފާގެއްކަން. އެއް ނަމެއް ކިޔާ މީހުން ފޭސްބުކްގަ ބައިވަރު އުޅޭނެދޯ؟" ރިޔާސް އަހަރެންގެ އެ ވާހަކައަށް ޖަވާބެއް ނުދިނެވެ. އެކަމަކު ފެށީ އެހެން ވާހަކައެކެވެ.

"އަހަރެންގެ އަންހެނުން ވަރަށް ގިނައިން ފިޔާޒާގެ ވާހަކަ ދައްކާ. ތީ ވަރަށް ހިތްވަރުގަދަ މޮޅު ކުއްޖެއް. ވެދިޔަ ކަންތަކަށް އަހަރެންނަށް މާފްކޮށްދީ. އަސްލު އަހަރެން ވަރަށް ހޯދިން އެކަމަކު ދިމާވާން ނެތް ބަޔަކު ނުވާނެ ދޯ." އޭނާގެ އަޑު އަހަރެންނަށް މާ ދުރުން އިވޭހެން ހީވިއެވެ.

އެނޫނަސް ވާހަކަތަށް އޭނާ ދެއްކި އެވެ. އަހަރެންގެ ލޮލުން ހޯސްލާފައި ކަރުނަ އައިސް އައިސް ހުއްޓެވެ. ހުރިހާ ބާރެއް ކުރަމުން ދިޔައީ ކައިރި ހުރި ޕްރޭމިއަ ޓިޝޫ ފޮށްޓަށެވެ. މަޑު ޓިޝޫތަކުން އަހަރެންގެ ލޯ ފޮހެލާފައި ބިމައް އަޅަމުން ދިޔައީމެވެ.

"ފިޔާޒާ ދެން ބުނެބަލަ އެންމެ ފަހަަރަކު ރިޔާޒްއަށް މަފުކޮށް ދީފާނަން؟"

"ރިޔާސް މާފަށް ތި އެދުނީ 21 އަހަރު ފަހުން. މާފްކޮށްފީން. އެކަމަކު އަހަރެން މީގެ ފަހުން ރިޔާސް ނުދަންނަން. ފޭސްބުކްގެ އެއީ އޮޅުމެއް. މިއީ މި ގުޅުމަށް އޮތް ހަމަ އެކަނި ހައްލު."

އެވަގުތު ރޭޑިއޯ އިން އަންނަމުން ދިޔަ ލަވައަކީ އަހަންނާ އެންމެ ގުޅޭ ލަވަ އެވެ.

"ހިތް މަގޭ އޭނާ ހަލާކުކޮށްފިޔޭ އެކަމަކު އަހަރެން އެކަން ކުށްވެރިޔއެއް ނުކުރަމޭ
އޭނާ އަހަރެން ދެކެ ލޯބި ވުމާ ނުވުން އެއީ އޭނާ ހައްގެއް
ކުރިން އަހަރެންނަކަށް ލޯބި ނޭނގުނެވެ. ލޯބީގެ ދެ ހިތްތެއްގެ ކުރެވޭ ވިޔަފާރިއެއް
ހިތުގެ ތެޅުން އެއްވެސް މީހަކަށް ގައިދެއް ނުކުރެވެނެ އެވެ.
އެއީ މިނިވަން އެއްޗެކެވެ. ބޭނުން ތަނެއްގަ ތެޅެވި ދާނެ އެވެ.
އޭނާ އަހަރެން ދެކެ ލޯބިވުމާ ނުވުން އެއީ އޭނާ ހައްގެއް
ފޯނު ގުޅުން އަހަރެން ކަނލީމެވެ. މިއީ ވެސް ފިލާވަޅެކެވެ. އަހަރެންގެ ހަޔާތުގެ ފުރިހަމަ ނުވީ ޅެންބައިތުގެ ފަހު ސޮފްހާ އެވެ."

(ނިމުނީ)