ރައްޔިތުންގެ މަޖިލީހަށް ހޮވޭ 87 މެމްބަރުންގެ ވިސްނުމާއި ފިކުރު އެއްގޮތްވާން ނުޖެހޭކަމަށް ހިތަދޫ ދެކުނު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ ޑރ. އަހުމަދު އަދީލް ނަސީރު ވިދާޅުވެއްޖެއެވެ.
ހިތަދޫ ދެކުނު ދާއިރާގެ ރައްޔިތުންނާއި މުހާޠަބުކޮށް ރޭ ކުރިއަށް ގެންދިޔަ ކަންމަތީ ބައްދަލުވުމުގައި އަދީލް ވިދާޅުވީ ތަފާތު ފިކުރުގެ 87 މެމްބަރުން މަޖްލިސްއަށް ދިއުމަކީ ރައްޔިތުންނަށް ލިބޭނެ ރަހުމަތެއް ކަމަށެވެ.
".. ތަކުރާރުކޮށް އަޅުގަނޑު ދަންނަވާށުން، އެއް ފިކުރެއް މީހުން މަޖްލީހެއް ތިބުމަކީ މަޖްލިސްއަށް ލާޒިމް ކެރާނެ ކަމަށް ނުން، މަޖްލީހުގެ މަސައްކަތި އެތެރެ ހަގީގަތި ރައްޔިތުންނާއި ގުޅޭ ގޮތަށް ބިލްތައް ފަރުމާކޮށް ބިލްތައް ހެދުން ގާނޫނު ހެދުން، އަދި ހަމައެޔާއި އެއްކޮށް ސަރުކާރުން ވޭ ވައުދުތައް ކެހެނަކަށްތައު ރައްޔިތުންނާއި ހަމާ އެނީ ބެލުމަކީ އަސް އޮންނަޖެހޭ ކަމެއް"
އަދީލް ވިދާޅުވީ މަޖްލިސްގެ 87 މެމްބަރުންނަކީ މަޝްވަރާ ކުރުމަށް ރައްޔިތުން ފޮނުވާ މަންދޫބުން ކަމަށާއި ރައްޔިތުން މަޖްލިސްއަށް ފޮނުވާ މެމްބަރުން. މަޝްވަރާ ކުރަންޖެހެނީ ރައްޔިތުންގެ ލާބަ އާއި މަންފާއަށް ކަމަށެވެ.
އަދީލް ވިދާޅުވީ އިހްލާސްތެރި ނަޒާހާތްތެރި 87 މެމްބަރުން މަޖްލިސްގައި ތިބެއްޖެނަމަ އެެފަދަ މަޖްލިސްއަށް ރައްޔިތުންނާއި ގުޅުން ހުރި މުހިއްމު ނިންމުން ތަކެއް ނޫންކަމެެއް ނިމިގެން ނުދާނެކަމަށެވެ.
އަދީލް ވިދާޅުވީ ސީދާ ވަކި ފިކުރެއްގެ ބަޔަކު މަޖްލިސްއަށް ނެގުމަށް މަސައްކަތް ކުރުމަކީ ރައްޔިތުންނަށް އެންމެ މަންފާ ހުރި ގޮތް ނޫންކަމަށެވެ. ނަމަވެސް ރައްޔިތުންގެ ނިންމުން ނިންމާނެ އެއް ފިކުރެއްގެ ބަޔަކު ތިބުމަކީ މައްސަލައެއް ނޫންކަމަށެވެ. އެހެންވެ ކުރިއަށް އޮތް މަޖްލިސް އިންތިހާބުގައި މީހަކު ކަނޑައެޅުމުގައި އެމީހެއްގެ ގާބިލްކަމަށާއި، ނަޒާހަތްތެރި ކަމަށް ބަލަން ޖެހޭ ކަމަށެވެ.
ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަ ކުރެއްވުމަށްފަހު މިފަހަރުގެ މަޖްލިސް އިންތިހާބުގައި ވާދަކުރައްވާ ޑރ. އަދީލް ވަނީ ޓީޗަރުންގެ މުސާރަ ބޮޑު ކުރަންޖެހޭކަން ފާހަގަކޮށް ރޭ ވާހަކަ ދައްކަވާފައެވެ. އަދީލް ވިދާޅުވީ ޓީޗަރުންނާއި އަދި ޓީޗަރުންނަށް ދިމާވާ ދަތިތަށް އިހުސާސް ކުރެވިފައިވާ ބަޔަކު މަޖިލީހަށް ގޮސް ޓީޗަރުންގެ ހައްގަށް ވަކާލާތު ކުރުމަކީ ތައުލީމީ ދާއިރާ އިތުރަށް ހަރުދަނާވާނެ ކަމެއް ކަމަށެވެ.
އެގޮތުން ޓީޗަރުންގެ މުސާރަ ބޮޑު ކުރުމަކީ ގަބޫލުކުރާ ކަމެއް ކަމަށާއި ސްކޫލެއްގައި ހުންނަ ޓީޗަރަކާއި އެހެން ތަނެއްގައި އެފަދަ މަސައްކަތެއް ކުރާ މީހެއްގެ ދެމެދުގައި ފަރަގުތަކެއް ހުންނަ ކަމަށްވެސް އަދީލު ވިދާޅުވިއެވެ.