Last Updated: November 25, 22:26
Monday, November 25, 2024
ޚަބަރު

އީސީ ޝަރީފް، ރިޔާޒަށް ވޯޓު ހޯދަން މަސައްކަތް ކުރޭ: މުސްތަފާ

ތިމަރަފުށީ ދާއިރާއަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓެއް ކަމަށްވާ ޢަބްދުﷲ ރިޔާޒަށް ވޯޓު ހޯދުމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް މަސައްކަތް ކުރައްވާ ކަމަށް އެ ދާއިރާއަށް ކުރިމަތިލައްވާފައިވާ އަނެއް ކެންޑިޑޭޓް މުހައްމަދު މުސްތަފާ ތުހުމަތު ކުރައްވައިފިއެވެ.

މިކަމަށް އިޝާރާތް ކުރައްވާ މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އީސީ ޝަރީފް ތިމަރަފުށީ ގޭގެއަށް ގުޅުއްވާފަ ރިޔާޒަށް ވޯޓު ހޯއްދެވުމަށް އަވަދިނެތި އުޅުއްވާ ކަމަށެވެ.

"އީސީ ޝަރީފް ތިމަރަފުށި ގޭގެއާއި ގުޅާފަ އަބްދުﷲ ރިޔާޒަށް ވޯޓު ހޯދުމަށް އަވަދިނެތި އުޅުއްވަނީ، ޝަރީފް އެ މަގާމުގައި ހުންނަވައިގެން ކުރެވޭނެ ކަމެއް ނޫން އެ ކުރައްވަނީ!" މުސްތަފާ ވިދާޅުވިއެވެ.

ޝަރީފަކީ ވެސް 2014 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި ތިމަރަފުށީ ދާއިރާއަށް މުސްތަފާއާއެކު ވާދަކުރެއްވި ފަރާތެކެވެ. ނަމަވެސް އެމްޑީޕީ ޓިކެޓުގަިއ ނިކުންނަވާ، މުސްތަފާ ވަނީ ގޮނޑި ކާމިޔާބުކޮށްފައެވެ. އަދި މަޖިލިސް ނުފެށެނީސް އެމްޑީޕީ ދޫކުރުމަށް ފަހު މުސްތަފާ ގުޅިވަޑައިގެންނެވީ އޭރު ސަރުކާރު ހިންގަމުން ދިޔަ ޕީޕީއެމާއެވެ.