Last Updated: November 25, 22:26
Monday, November 25, 2024
ޚަބަރު

ވޯޓަކީ އަމާނާތެއް. ފައިސާކޮޅެއްގެ ދަހިވެތިކަމުގައި އެއަށް ޚިޔާނާތްތެރިވެވަޑައިނުގަންނަވާ: ޑރ. އިޔާޒް

ވޯޓަކީ އަމާނާތެއް ކަމަށާއި އެހެން ކަމުން ފައިސާކޮޅެއްގެ ދަހިވެތިކަމުގައި އެއަށް ޚިޔާނާތްތެރިވެވަޑައިނުގެންނެވުމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އެދިވަޑައިގެންފިއެވެ.

އެ ބޭފުޅާ މިކަމަކަށް އެދިވަޑައިގެންފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

"ވޯޓަކީ އަމާނާތެެއް. ފައިސާކޮޅެއްގެ ދަހިވެތިކަމުގައި އަމާނާތަށް ޚިޔާނާތްތެރިވެވަޑައިނުގަންނަވާ. ގައުމުގެ ކުރިމަގު އޮތީ އިޚްލާސްތެރިބަޔަކު މަޖިލިސް އަށް އިންތިޚާބު ކުރެވިގެން." ޑރ. އިޔާޒް ވިދާޅުވިއެވެ.

މަޖިލިސް 2019 ގެ ވޯޓުލުމަށް ހަމަޖެހިފައިވަނީ 6 އޭޕްރީލް 2019ގައެވެ. އެއީ މާދަމާއެވެ. ވަގުތު މިއޮތީ ކުޑަތަންވެފައެވެ. ކޮންމެ ބޭފުޅަކުވެސް ވޯޓު ދެއްވުމުގައި ރަނގަޅަށް ވިސްނަވާފަ ގައުމަށް އެންމެ ރަނގަޅު ނިންމުން ނިންމުމަކީ މުހިއްމު ކަމެކެވެ. ހެއްލުންތެރިނުވާށެވެ. އެހެންނޫނީ ފަހުން ގެއްލުމާއި ކުރިމަތިލާން ޖެހިދާނެއެވެ.