Last Updated: November 23, 21:40
Saturday, November 23, 2024
ޚަބަރު

ވައްކަމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސެއިން އާދަމް ބިލްޑިންގ - ފޮޓޯ: އިހުތިޝާމް މުހައްމަދު (ސަން)

ވައްކަމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ހޯދަމުންދަނީ 2019 މާރިޗު މަހުގެ 18 ވަނަ ދުވަހުގެ 10:30 ހާއިރު ސައިކަލެއްގެ އަރިމައްޗަށް ވޮލެޓެއް ހަނދާން ނެތިގެން ލާފައި ސޯސަންމަގު ސިންދިތާ ކައިރީ ފިހާރައަކަށް ވަތް ވަގުތު އެވޮލެޓް ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ވީމާ މި މީހާއާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 އަށް ގުޅުއްވައި ޙިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.