އެމްޑީޕީއަށް މަޖްލިސްގެ ސުފަ މެޖޯރިޓީ ދިނުމުގެ ހިތި ދިވެހި ރައްޔިތުންނަށް ފެންނާނެކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ވިދާޅުވީ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި އެމްޑީޕީ އާއި ދެކޮޅަށް އެއްލައްކަ ދިހަހާސް ވޯޓު މިފަހަރު ވެސް ލިބިފައިވާ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން އިންތިޒާމްކޮށްގެން ސިންގަލް ކެންޑިޑޭޓުން ނެރުނު ނަމަ އެމްޑީޕީއަށް މަޖްލިސްގެ 20 ޕަސެންޓުވެސް ނުލިބޭނެކަމަށެވެ.
އެމްޑީޕީއަށް އަބަދުވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އަންނަ އުމަރު ވިދާޅުވީ މި ފަހަރުގެ އިންތިހާބުގައި އެމްޑީޕީއަށް ލިބުނީ ހަތްދިހަ ހަ ހާސް ވޯޓުކަމަށެވެ. އަދި މިފަދަ ނަތީޖާއެއް ލިބި އެމްޑީޕީއަށް މަޖްލިސް ސުޕަ މެޖޯރިޓީ ލިބުމުގެ ހިތި ދިވެހި ރައްޔިތުންނަށް ފެންނާނެކަމަށެވެ.
އުމަރު ވިދާޅުވީ ޕާޓީތަކުން ޕްރައިމަރީ ބާއްވައި ރަނގަޅު ކެންޑިޑޭޓުން ނުނެރުމުގެ ނަތީޖާ މި އިންތިހާބުންވެސް ފެނިގެން ގޮސްފައިވާ ކަމަށެވެ.
އުމަރު ގެންދަވަނީ އެމްޑީޕީ އާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.