އިލްމުވެރިން ދުވަހަކުވެސް ރައްޔިތުންގެ ބޮލުގައި "ލާދީނީ" ޓެގް އަޅުވާފައި ނުވާނެ ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް ޝަފީޢް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޝައިޚް ޝަފީއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަޣުލަބިއްޔަތު ރައްޔިތުންގެ ބޮލުގައި "ލާދީނީ" ޓެގް ޢިލްމުވެރިން އެއްވެސް ދުވަހަކު އަޅުވާފައި ނުވާނެ ކަމަށާއި އަދި ނުވެސް އަޅުވާނެ ކަމަށެވެ. އަދި އެގޮތަށް އަޅުވާކަމަށް ބަޔަކު މީހުން ފަތުރަމުން ދަނީ، ކަމުގެ ހަޤީޤަތް އޮޅުވާލައި، ޢިލްމުވެރިންނަށް ނަފްރަތު އުފެއްދުފުމުގެ ބޭނުމުގައި ކަމަށްވެސް ޝަފީއުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
Aqlabiyyathu rayyithunge bolugai "laadheenee" tag ilmverin evves dhuvas varaku alhuvaafa eh nuve eve. Adhi nuves alhuvaane eve.
Egothah alhuvaa kamah bayaku meehun fathuramun dhanee, kamuge hageegaiy olhuvaalai, ilmverinnah nafurathu ufehdhumuge beynumuga eve.
— Shafeeu Abdullah (@shafeeu26) April 8, 2019
ޝެއިޚް ޝަފީއު މިހެން ވިދާޅުވެފައިމިވަނީ އެމްޑީޕީއާ ދެކޮޅަށް ކުރަމުން އަންނަ ކެމްޕެއިން ބަދަލުކުރަން ޝައިހް ހުސެއިން ރަޝީދު އަހުމަދު ގޮވާލާ ފޭސްބުކްގައި ޕޯސްޓެއް ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.
އެގޮތުން ޝައިހް ހުސެއިންގެ ޕޯސްޓުގައި ވަނީ ފާއިތުވި ތޭރަ އަހަރު ލާދީނީ ކިޔަކިޔަ ތިއްބާ 75 އިންސައްތަ މީހުން ވޯޓް ދީނީ ލާދީނީ މީހާއަށް ކަމަށެވެ. އެހެންކަމުން މިއީ ވިސްނާލަންޖެހޭ ކަމެއްކަން ފާހަގަކުރަމުން ޝައިހް ހުސެއިން ވަނީ ގިނަ ސުވާލުތަކެއް ވެސް ކުރިމަތިކުރުވާފައެވެ.
"ލާދީނީ ކިޔުން ގޯހީބާ؟ އިސްލާހީ މަސައްކަތް ނުކުރެވޭނީބާ؟ އެމީހުން މާ އޯގަނައިޒީބާ؟ ދައުވަތު ޑިސް އޯގަނައިޒްއީބާ؟" ޝައިހް ހުސެއިންގެ ޕޯސްޓުގައި ބުނެފައިވެއެވެ.