ދިވެހި ރާއްޖޭގެ ފުރަތަމަ ނައިބް ރައީސް ކަމުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި ޑރ. މުހައްމަދު ވަޙީދު ހަސަން މަނިކު އިސްލާމް ދީނަށް ފުރައްސާރަ ކުރާ ކަމުގެ ހެކިތައް ފެންނަން ފަށައިފި އެވެ.
އެންމެ ފަހުން ފަލަސްތީނުގައި ކުރިއަށް ދިޔަ އިންޓަނޭޝަނަލް އިސްލާމިކް ކޮންފަރެންސް އޮފް ބައިތުލް މަޤްދިސްގެ 4 ވަނަ ބައްދަލުވުން ޝަރަފުވެރިކޮށް ދެއްވުމަށް މިދިޔަ ހަފްތާގައި ކުރެއްވި ދަތުރުގައި ވަނީ މިކަމުގެ ވަރަށް ބޮޑު ބައެއް އާއްމުންނަށް ފެނިފަ އެވެ.
ސޯޝަލް މީޑިއާގައި އެމަނިކުފާނާއި ކޮންމެ ތަނަކަށް ވަޑައި ގަތަސް އަރިހުގައި ހުންނަވާ އެމަނިކުފާނުގެ އަނބިކަނބަލުން ފަލަސްތީނަށް ކުރެއްވި ދަތުރުގައި އެޤަ އުމުގައި ހުންނަ ނަސާރާއިންގެ އެންމެ ބޮޑު ފައްޅިއަށް ކުރެއްވި ޒިޔާރަތެވެ.
އަދި މީގެ ކުރިން އިންޑިއާގެ ހިންދީ ދީނުގެ އިސް މީހަކު ރާއްޖެ ގެންނަވައިގެން މުލިއާގޭގައި ޑރ. ވަހީދާ އެކު ބައްދަލވުން ބޭއްވުމާއި ރައީސްގެ ދެ ކަނބަލުން އިންޑިއާ އަށް ކުރެއްވި ދަތުރެއްގައި އިންޑިއާގެ ގޮލްޑަން ޓެމްޕަލް އަށް ޒިޔާރަތްކޮށް "ހިންދީން"
އުޅޭ ގޮތަށް އެ ދެ ބޭފުޅުން އަމަލު ކުރެއްވި ވާހަކަތަކަކީ ވެސް މަޝްހޫރު ވާހަކައެކެވެ. އޭގެ ފޮޓޯތައް ވެސް ސޯޝަލް މީޑިއާގައި އެހެރީ ހާމަ އަށް މިހާރު ވެސް ފެންނަށާވެ.
މި ޒިޔާރަތުގައި އެންމެ ބޮޑަށް ފާހަގަ ކުރެވުނު އެއް ކަމަކީ، ފައްޅީގައި ހުރި އުއްބައްތި ތަކެއް ރޯކުރުމުގެ ހަފްލާއެއްގައި ވަހީދުގެ ދެކަނބަލުން ބައިވެރިވުމެވެ.
ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ވަލިއްޔުލް އަމްރުގެ މަޤާމުގައި ހުންނެވި ބޭފުޅަކު ނަސާރާއިންގެ ފައްޅިއަކަށް ޒިޔާރަތްކޮށް "އަޅުކަމުގައި" ބައިވެރިވުމަކީ އެއްވެސް ހާލެއްގައި ޤަބޫލު ކުރެވޭނެ ކަމެއް ނޫނެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލު ކުރަން ޖެހުނު އެންމެ ބޮޑު ކަމަކީ އެ މަނިކުފާނު ވެސް "ލާދީނީ" ފިކުރަށް ލޯބި ކުރާތީ ކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ދިޔައީ ތަކުރާރުކޮށް ބުނަމުންނެވެ.
ނަޝީދެކޭ އެއްގޮތަށް ޑރ. ވަހީދު އާއި އެ މަނިކުފާނުގެ އާއިލާ މެމްބަރުން ވެސް އިސްލާމް ދީނަށް ފުރައްސާރަ ކުރެވޭ ގޮތަށް އަމަލުތައް ބަހައްޓާ ކަމާއި އެފަދަ ބައެއް ވާހަކަަތައް ދަައްކާ ވާހަކައަކީ ވަރަށް ގިނަ ބައެއްގެ ތުންތުންމަތިން މިހާރު އިވޭ އަޑުތަކެވެ. ހަގީގަތުގައި ވެސް މިއީ ކަންބޮޑުވާން ޖެހޭ މައްސަލައެކެވެ.
ގައުމުގެ ވެރިންނަށް ތިއްބަވާ މިފަދަ ބޭފުޅުން ވާން ޖެހޭނީ ހުރިހާ ގޮތަކުން ވެސް ރައްޔިތުންނަށް ނަމޫނާ ދައްކަވާށެވެ. އެކަމަކު މި ރާއްޖޭން މި ފެންނަނީ އެއާ އިދިކޮޅު މަންޒަރުތަކެވެ. ރައްޔިތުން މިކަމާ ކަންބޮޑުވެ އެވެ.
މީގެ އިތުރުން ރައީސްގެ އަނބިކަނބަލުންގެ ފަރާތުން ވެސް ވަނީ ތަފާތު މަންޒަރުތައް ފެނިގެން ގޮސްފައެވެ. ރައީސް އޮފީހުން ނަގާފައިވާ ބައެއް ފޮޓޯތަކުން ފެންނަނީ އަނބިކަނބަލުން ބުރުގާ އަޅުއްވައިގެން އަނެއް ބައިފަހަރު ބުރުގާ ނަންގަވައިގެން އުޅުއްވި މަންޒަރެވެ.
އެހެން ނަމަވެސް މިއަދާ ހަމަޔައަށް ވެސް ރާއްޖޭގައި އުފެދިފައިވާ ތަފާތު ދީނީ ޖަމިއްޔާތަކާއި ރައީސް ވަހީދާ ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީން ވެސް މިކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.