މަރާލާފައިވާ މީހުނާއި ވީނުވީއެއް ނޭގި ގެއްލިފައިވާ މީހުންގެ މައްސަލަ ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ކަމިޝަނަށް ޒާހިދު ރަމީޒް ހާޒިރުކޮށްފިއެވެ.
Today @xahidcreator has appeared before the commission and has given a statement regarding his tweets to @yaamyn in 2011 and 2012.
— Commission on Disappearances and Deaths (@DdcomMdv) April 10, 2019
ޒާހިދު އެކޮމިޝަނަށް ހާޒިރުކޮށް ބަޔާން ނަގާފައިވަނީ ރަހުމްކުޑަގޮތަކަށް މަރާލާފައިވާ ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައެވެ.
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތަހްގީގު ކުރިއަށްދާއިރު މަރު ކޮމިޝަނުން އޭނާގެ ބަޔާން ނަގާފައިވަނީ ޒާހިދުކޮށްފައިވާ ދެ ޓްވީޓަކާއި ގުޅިގެންނެވެ.