އިއްޔެ ގ. ރެޑް ޕަރލްގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ހަރަކާތްތެރިވި ފުލުހުންގެ ފަރާތުން ފެނުނު ހިތްވަރާއި، ކުޅަދާނަކަން ފާހަގަ ކުރައްވާ އެ ފަރާތްތަކަށް ހޯމް މިނިސްޓަރު ޝެއިޚް އިމްރާން ޢަބްދުﷲ ޝުކުރު އަދާކުރައްވައިފިއެވެ.
މިނިސްޓަރު އިމްރާން ފުލުހުންނަށް ތަޢުރީފް ކުރައްވާފައިވަނީ އަލިފާން ނިއްވުމުގެ މަސައްކަތުގައި ފުލުހުން އުޅެނިކޮށް ނަގާފައިވާ ވީޑިއޯއެއް ޓްވިޓާގައި ހިއްސާކުރައްވަމުން ކުރެއްވި ޓްވީޓެއްގައެެވެ.
Fuluhehge akhlaaq ga hunnanvaa emme asaasi sifayaki amilla nafsaai maslahathahvure rayyithunnah khidhumayikurumuge roohu gadhavun. iyyege alifaanuge haadisaagai harakaitherivi fuluhunge farathun fenunu hivaraai kulhadhaanakamakee dhivehin fakhuruverivane khidhumatheh. Shukuriyyaa pic.twitter.com/BobdFkY7Jj
— Imran Abdulla (@ShimranAb) April 10, 2019
"ފުލުހެއްގެ އަޚުލާގުގަ ހުންނަންވާ އެންމެ އަސާސީ އަމިއްލަ ނަފްސާއި މަސްލަޙަތަށްވުރެ ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ރޫޙު ގަދަވުން. އިއްޔެގެ އަލިފާނުގެ ހާދިސާގައި ޙަރަކާތްތެރިވި ފުލުހުންގެ ފަރާތުން ފެނުނު ހިތްވަރާއި ކުޅަދާނަ ކަމަކީ ދިވެހިން ފަޚުރުވެރިވާނެ ޚިދުމަތެއް. ޝުކުރިއްޔާ." މިނިސްޓަރު އިމްރާން ވިދާޅުވިއެެވެ.
އަލިފާނުގެ ހާދިސާގައި އެގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ އެތަނުގައި ދިރިއުޅެމުންދިޔަ 10 މީހަކަށް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވަނީ ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައެވެ.
މި ހާދިސާގައި ގ. ރެޑް ޕަރލްގޭގެ ތިން ފަންގިފިލާ މީހުންނަށް ދިރި ނޫޅެވޭ ވަރަށް އަނދާފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވެއެވެ. އެ އޮތޯރިޓީން ވިދާޅުވީ ވަގުތީ ބޯހިޔާވަހިކަމާއި އެމީހުންގެ ކެއުމުގެ ކަންކަންވެސް މިހާރުވަނީ ހަމަޖައްސާދީފަ ކަމަށެވެ.
އެއީ 5 އަންހެނަކަށާއި 4 ފިރިހެނަކަށާއި 18 އަހަރުން ދަށުގެ ކުޑަ ކުއްޖަކަށެވެ. އަދި އެމީހުން ދިރިއުޅޭނެ ވަކި ތަނެއް ހަމަޖެހެންދެން އެ ގެސްޓްހައުސްގައި ތިބެވޭނެ އިންތިޒާމް ހަމަޖައްސައި ދީފައިވާކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ.