Last Updated: November 25, 20:21
Monday, November 25, 2024
ޚަބަރު

ޕީޕީއެމް އޮތީ ހައިޖެކް ކޮށްފައި: އަމީތު

މަޑުއްވަރީ ދާއިރާގެ މެމްބަރ އަމީތު، ފޮޓޯ: އަވަސް

ޕީޕީއެމް އޮތީ ހައިޖެކް ކޮށްފައިކަމަށް މަޑުއްވަރީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި މިވަގުތު ފުރުއްވަމުން ގެންދަވާ މަޖިލިސް މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.

އަމީތު މިހެން ވިދާޅުވެފައިވަނީ އެބޭފުޅާ ކުރެއްވި ޓްވީޓެއްގައެވެ.

"ޕީޕީއެމް އޮތީ ހައިޖެކް ކޮށްފައި. އިދިކޮޅު ޕާޓީއެއްގެ ގޮތުގައިވެސް، އެއްކޮޅު ޕާޓީއެއްގެ ގޮތުގައި ވެސް ޕީޕީއެމްއަށް މަސައްކަތް ކުރެވޭނީ އެ ޕާޓީ މިނިވަންވެ، އެ ޕާޓީގެ އަސްލު ވެރިންގެ ބެލުމުގެ ދަށަށް ޕާޓީ ގެނެވުނު ދުވަހަކުން." އަމީތު ވިދާޅުވިއެވެ.

އެމްއާރްއެމްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންނާއެކު ބައްދަލު ކުރައްވަން ބޭއްވި ބައްދަލުވުމެއްގައި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވަނީ ވޭތުވެދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ޕީޕީއެމް އަނބުރާ އެބޭފުޅުންނަށް ދެއްވަން ވަޢުދުވެވަޑައިގެންފައި ކަމަށާއި އަދި އެ ވަޢުދު ނުފުއްދަވާ ކަމަށް ވިދާޅުވެފައެވެ. އަދި ވަރަށް އަވަހަށް އެ ވަޢުދު ފުއްދަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް މައުމޫން ވަނީ ވިދާޅުވެފައެވެ.