ރޭޕްފަދަ ނުރައްކާތެރި ޖަރީމާާތައް ހުއްޓުވޭނީ ގަދަފަދަ އަދަބު ދީގެން ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝެއިޚް ޒައިދު މިހެން ވިދާޅުވެފައިވަނީ ރޭ ހަތަރު ފިރިހެނަކު ވެގެން ގެސްޓް ހައުސްއެއްގައި އަންހެނަކު ރޭޕްކުރަން އުޅުނު ޚަބަރު އިވިވަޑައިގަތުމާއި ގުޅިގެން މިއަދު ކުރައްވާފައިވާ ޓްވީޓެއްގައެވެ.
Male fadha baiboo thaaku ves 4 firihenun vegen, rey guest house ehgai, anhenaku rape kuran ulhunu vaahaaka adu ahaifai midhiya e sissaigenneve! Rape fadha nurakkaatheri jarremaa huttuveynee gadha fadha adhab dheegenneve! Enme bodu adhab dhehvaasheve!
— Ali Zaid (@alizaid1000) April 12, 2019
"މާލެ ފަދަ ބައިބޯތާކުވެސް 4 ފިރިހެނުން ވެގެން، ރޭ ގެސްޓް ހައުސް އެއްގައި އަންހެނަކު ރޭޕް ކުރަން އުޅުނު ވާހަކަ އަޑުއަހާފައި މިދިޔައީ ސިއްސައިގެންނެވެ! ރޭޕް ފަދަ ނުރައްކާތެރި ޖަރީމާ ހުއްޓުވޭނީ ގަދަފަދަ އަދަބު ދީގެންނެވެ! އެންމެ ބޮޑު އަދަބު ދެއްވާށެވެ! ޝެއިޚް ޒައދިު ވިދާޅުވިއެވެ.
މާލޭގެ ގެސްޓް ހައުސްއެއްގައި އަންހެނަކު ރޭޕްކުރަން އުޅުނު މައްސަލާގައި ފުލުހުން ވަނީ ދެ މީހަކު ހައްޔަރު ކޮށްފައެވެ. އެކަން ހިނގާފައިވަނީ ރޭ 10:55 ހާއިރު މާފަންނު ގެސްޓް ހައުސްއެއްގެ ތެރޭގައި ކަމަށާއި އެ ހާދިސާގައި ހައްޔަރުކޮށްފައި ވަނީ 32 އަހަރުގެ ދިވެހި ފިރިހެނަކާއި 33 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
އެގޮތުން އަންހެނަކު ހަޅޭލައްވާ އަޑަށް ފުލުހުން އެ ގެސްޓު ހައުސްއަށް ވަދެ ބެލިއިރު، ހަތަރު މީހަކު ވެގެން އަންހެނަކު ރޭޕްކުރަން އުޅުނު ކަމަށާއި ދެ މީހަކު ހައްޔަރުކުރިއިރު އަނެއް ދެ މީހުން ފިލާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.