ޖާބިރު ފަދަ މީހުންގެ ހެޑްލައިން ހަދައިދިނުން މީޑިއާތަކުން ހުއްޓާލަންޖެހޭ ކަމަށް ދީނީ އިލްމުވެރިޔާ ޝެއިޚް އަނީލް ވިދާޅުވެއްޖެއެވެ.
ޝެއިޚް އަނީލް މިފަދައިން ވިދާޅުވެފައިވަނީ ކާށިދޫ ދާއިރާގެ އިންތިޚާބީ ކެންޑިޑޭޓު އަބްދުﷲ ޖާބިރު ޕީއެސްއެމުން ގެނެސްދިން ޖާބިރުގެ އިންޓަވިއުއެއްގައި ރާއްޖޭގެ ބައެއްގެ ގޮތުގައި މަލިކު އޮއްވައި، އިންޑިއާ އިން އެ ރަށް ނަގަން ޖެހުނީ ކީއްވެތޯ ބަލަން ޖެހޭ ކަމަށާއި އެހެންވެ، މަލިކު މައްސަލައިގައި ރާއްޖެ އާއި އިންޑިއާ ސަރުކާރާ ވާހަކަ ދައްކަވަން އެދިވަޑައިގަންނަވާ ކަމަށް ޖާބިރު ވިދާޅުވި ވާހަކައަކީ އޭނާގެ އަމިއްލަ ޚިޔާލެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވި ކަމަށް ދިވެހި އޮންލައިން ނޫސް "ހަވީރު"ގައި ލިޔެފައިވާ ޚަބަރެއް ޝެއަރ ކުރައްވާ، ކުރެއްވި ޓްވީޓެއްގައެވެ.
dhuluge sababun, meehaa aai eyna vashaigenvaa meehunnah museebaaiy thakaai kurimathilaan jehifaivaa manzarakee thaareekhun fenna hageegatheh.
aiy nufoaraa hisaabah kanthah dhiyumuge kurin mifadha meehunge HEADLINE hadhaidhinun media thakun huttaalan jehey.https://t.co/iEbbFHZQrH— Aneel 🇲🇻 (@aneelmv) April 14, 2019
"ދުލުގެ ސަބަބުން، މީހާއާއި އޭނާގެ ވަށައިގެންވާ މީހުންނަށް މުސީބާތްތަކާއި ކުރިމަތިލާން ޖެހިފައިވާ މަންޒަރަކީ ތާރީޚުން ފެންނަ ހަގީގަތެއް. އަތްނުފޯރާ ހިސާބަށް ކަންތައް ދިޔުމުގެ ކުރިން މިފަދަ މީހުންގެ ހެޑްލައިން ހަދައިދިނުން މީޑިއާތަކުން ހުއްޓާލަންޖެހޭ." ޝެއިޚް އަނީލް ވިދާޅުވިއެވެ.
ޖާބިރުގެ އެ ވާހަކައަކީ ސަރުކާރުން ތާއީދުކުރާ ވާހަކަތަކެއް ނޫން ކަމަށް ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓް ހޫދު ވަނީ ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފައެވެ.